އަރަބި ކަނޑުގައި ދާދިފަހުން އުފެދުނު ބާރުގަދަ ތޫފާނަކަށް ފަހު، ސައުދީ އަރަބިއްޔާ އާއި އެނޫންވެސް ސަރަޙައްދީ އަރަބި ބައެއް ޤައުމުތައް ހިމެނޭގޮތަށް އުފެދިފައިވާ، ދުނިޔޭގެ އެންމެ ބޮޑު ސަހަރާގައި ފެނުގެ ކޯރުތަކެއް އުފެދިއްޖެއެވެ.

"ރަބް އަލް-ޚާލީ" ނުވަތަ "ދަ އެމްޓީ ކުއާޓަރ"ގެ ނަމުން ނަންދެވިފައިވާ މި ސަހަރާގައި މީގެ ކުރިންވެސް، ތޫފާނެއްގެ ސަބަބުން ފެންބޮޑުވިއިރު އެ ހާދިސާއަށް އެތައް ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައެވެ.

ރަބް އަލް-ޚާލީގައި އަނެއްކާވެސް ފެންގަނޑުތަކެއް އުފެދިފައި މިވަނީ، މި ސަހަރާ ހިމެނޭ ސަރަޙައްދަށް ފާއިތުވެދިޔަ ދުވަސްތަކުގައި އާދަޔާއި ޚިލާފަށް ވިއްސާރަކޮށް ވާރޭ ވެހިފައި ވަނިކޮށެވެ. އެގޮތުން އުފެދިފައިވާ ކޯރުތަކާއި ފެންގަނޑުތަކުގެ ފޮޓޯ މިހާރު މީސް މީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ޢަދަދެއްގެ ފަތުރުވެރިންގެ ސަމާލުކަމަށްވެސް ރަބް އަލް-ޚާލީ މިހާރު ވަނީ އައިސްފައެވެ.

މިއީ ރަބް އަލް-ޚާލީގައި ފެންގަނޑުތަކެއް އުފެދުނު ދެވަނަ ފަހަރު ކަމުގައިވާއިރު، އެންމެ ފުރަތަމަ މި މަންޒަރު ފެނުމާއި ގުޅިގެން ހޯދި ހޯދުންތަކަށްފަހު ސައިންސްވެރިން ބުނެފައިވަނީ، މި ސަހަރާ އޮތް ސަރަޙައްދަކީ މީގެ އެތައް ޒަމާނެއް ކުރީން ދުނިޔޭގައި އެންމެ ބޮޑަށް ދިރުން އޮތް އެއް ސަރަޙައްދު ކަމަށެވެ.

އަދި އޭރު އެ ސަރަޙައްދުގައި ހުރި ތާޒާ ފެނުގެ ފަށަލަތައް އަދިވެސް ރަބް އަލް-ޚާލީގައި ހުރި ކަމަށާއި، ވާރޭވެހުމުން ފެންގަނޑުތައް ހެދިގެން ދިއުމަކީ އެކަމަށް ހެކިދޭ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މިއީ މީގެ ކުރިން އެނގިފައިވާ ކަމެއް ނޫން އިރު، އެ ތަނަކީ އަބަދުވެސް ދިރުން ނެތް ހިކިފަސް ތަނެއް ކަމަށް އޮތީ ޤަބޫލުކުރެވިފައެވެ.

ރަބް އަލް-ޚާލީ ގައި ފެނުގެ ކޯރުތައް އުފެދުމާއި ގުޅިގެން އާކިއޮލޮޖިސްޓުންނާއި ތަޖުރިބާކާރުން އެ ސަރަޙައްދުގެ ހޯދުންތައް ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު، އެފަރާތްތަކުން ބުނެފައިވަނީ، މި ސަހަރާގެ އަޑީގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާނެ ކަމަށެވެ. އެފަރާތްތަކުން ބުނީ، ރަބް އަލް-ޚާލީގައި މީގެ އެތައް ހާސް އަހަރެއް ކުރީގެ ހަޟާރާތްތަކެއްގެ ހަނދާންތައް ވަޅުލެވިފައިވާނެ ކަމަށެވެ.

އަދި މާތްވެގެންވާ ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވީ އަރަބި ބައެއް ހަޟާރާތްތައްވެސް ހިމެނެނީ މި ސަރަޙައްދުގައި ކަމަށް ބެލެވޭކަމުގައި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިބްރާހިމް

    ޚާލިޤްވަންތަﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ

  2. ޑޮންޑޮން

    ބުރޯ އެއީ ރުބްޢަލް ޙާލީ. ތިޔެއްނޫން އެންމެ ބޮޑު ހިކިފަސް ސަހަރާއަކީވެސް، އެއީ ސަހާރާ ޑެޒަޓް.

  3. ލަތީފް

    މިސަރަހައްދު ފެހިވެ ގޮވާން ކަޑައިފުމަށްދާންދެން ދުނިޔެ ގިޔާމަތް ނުވާހުއްޓެވެ މިޚަބަރު އަހަރެންގެ ނަބިއްޔާ ވަނީ ދެއްވާފަ އެހެންވީމާ އަހަރެމެން ހައަިރާނެއްނުވޭ ﷲ އަކުބަރު

    • .

      .. صَلَّى اللّٰهُ عَلَيْهِ وَسَلَّمَ

  4. Anonymous

    ﷲ އަކީ މަރުވެފައިވާ ތަކެއްޗަށް އަލުން ދިރުންދެއްވަވާ ރަސްކަލާންގެ. ﷲ އަކްބަރު!

  5. ޜީމާ

    ދައްޖާލުގެ ހިލަމެއް ވާން އުޅެނީ ތޯއްޗެއް.. ދައްޖާލު ފާޅުވާނެކަމަށް ހަދީތް ތަކުން ސާބިތުވާ ތަނަކީ މިއީ ނޫންތޯ؟

    • Ho

      ދެޓްސް ވަޓް އަމް ތިންކިން ޓޫ.

  6. ނުރަބޯ

    ސުބްޙާނަﷲ.

  7. ހުސެން

    ޢަރަބި ޖަޒީރަ ފެހިވެގެން ދިއުމަކީ ދިއުމަކީ ދުނިޔެ ޤިޔާމަތް ވުމުގެ ޢަލާމާތެއް

  8. ރައްޔިތުން

    الله اكبر . سبحان الله. الحمدلله.

  9. އި

    ސުބުހާނަﷲ

  10. Anonymous

    ޤިޔާމަތުގެ އަލާމާތެއް ގޮތުގަ ތިތަން ޖަންގައްޔަކައްވާ ވާނެ ވާހަކަ އޮތް ހަދީޘް ލިޔެލިނަނަ ވ ރަގަޅުވިސް ސައިންސްވެިން ހަދާ ދޮގު ހިޔާލީ ފުލޯކު ވާހަކަ އަށްވުރެ..

  11. Anonymous

    އަދިވެސް ތައުބާވާކަން ނޫޅެންތޯ؟ ޝިރުކާއި ޖާހިލުކަންމަތީ ތިބެންވީތޯ؟ ވަގުތު ފާއިތުވުމުގެ ކުރީން އިސްލާހް ވާކަން ނުވޭތޯ؟

  12. މޫސަ

    ކުރީގައި ވެސް ފެހިކަން ވީފަދައިން ޢަރަބި ސަހަރާ ތަކަށް ފެހިކަން އައިސްފުމަށް ދާންދެން ދުނިޔެ ޤިޔާމަތް ނުވާނެ ކަމަށް އެންމެ އިތުބާރު ބޮޑު ފަރާތުން މީގެ 1400އަހަރު ކުރިން ޚަބަރު ދެއްވާފައި ވަނީ. އަދި مسلمންގެ އަތްތަކުން يهودىން ތައް މަރާނެ ވާހަކަ ވެސް ޚަބަރު ދެއްވާފައި ވާކަންވެސް ހަނދާން ކޮށްލަދެން.

  13. ވަރުނަ

    މާޝާ ﷲ ... ހާދަރީއްޗޭ.