ލިބެން ޖެހޭ ވަރަށްވުރެން އިތުރަށް މުސާރަ ބޮޑުކޮށްފައިވާތީ މުސާރަ ކުޑަ ކުރަމަށް އެދި ކެނެޑާގެ ޑޮކްޓަރުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ކެނެޑާގެ ކިއުބެކް ގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ވޯކަރުން އަދި މެޑިކަލް އިސްޕެޝަލިސްޓުން ހިމެނޭގޮތަށް ގިނަ ބަޔަކު ދަނީ އެމީހުންގެ މުސާރަ އެތަަށް މިލިއަން ޑޮލަރުން ބޮޑުކޮށްފައިވާތީ އެކަމާއި ދެކޮޅު ހަދައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
ކެނެޑާގެ ކިއުބެކް ގެ ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފައިވަނީ މިދިޔަ މަހު ސަރަހައްދީ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާ އަށް ފަހު އެވެ. އެގޮތުން ސަރުކާރުން ވަނީ 700 މިލިއަން ޑޮލަރު ޑޮކުޓަރުންގެ މުސާރަ ބޮޑު ކުރަން ހުށައަޅާފައެވެ.
ނަމަވެސް މުސާރަ ބޮޑު ކުރުމާއި ދެކޮޅު ހަދައި ޑޮކްޓަރުންނާއި ނަރުހުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެމީހުން ބުނަމުންދަނީ މުސާރާ ބޮޑު ކުރުމުގެ ބަދަލުގައި އެ ފައިސާ ބަލި މީހުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުން ކުރުމަށެވެ.
މުސާރަ ކުޑަ ކުރުމަށް ހުށައަޅާފައިވާ ޕެޓިޝަނުގައި މިހާތަނަށް ސިއްހީ ދާއިރާގައި ހިދުމަތް ކުރާ 700 އަށް ވުރެން ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.
ކެނެޑާގެ ކިއުބެކް ގެ ސަރަހައްދީ ސަރުކާރުން ވަނީ 10,000 ޑޮކްޓަރުންގެ މުސާރަ 1.4 އިންސަތަ އަށް ބޮޑު ކޮށްފައެވެ.
އެހެންވޭތީއޭ ބުނަންޖެހެނީ ކެނެޑާ މީހުންނަކީ ފައްކާ ބައެކޭ.
މީ އަދި މާ ފައްކާ ބައެއް. އެހެން މީހުން އުޅެނީ މުސާރް ކުޑަވެގެން ބޮޑުކުރަން. މިމީހުން ބޭނުންވަނީ މުސާރް ކުޑަކުރަން. ފައްކަލެއްނު!
ރާއްޖޭގެ ޓީޗަރުންނަށް ރަނގަޅުވާނެ. އެމީހުން ގެ ލޮލަށް ނިދިވެސް ނާންނާނެ މުސާރައގެ ޝަކުވާކުރާވަރުނ
ކޮންބަޔަކާ މަޝްވަރާކޮށްގެން މުސާރަ ބޮޑުކުރީ؟
އޭތް ތިޔަތަނުގެ ވެރިކަންދޭން ކެރަފާ ނަޝީދުގެންދޭ. އޭނާއަކީ ނިކަން މުސާރަކުޑަކުރާހިތްވާމީހެއް.....!!!
ރާއްޖޭގަ މި އުޅެނީ ރަގަޅު ފެންވަރުގެ ހިދުމަތެއް ނުދެވިގެން އެކަމުވެސް މުސާރަ ބޮޑުކުރި ވަރެއް ރަގަޅީ. ޢެންމެ ފަހަރަކުވެސް ނުބުނާނެ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރެވޭނެ ގޮތްތަށް ހަމަޖައްސަދޭށެކޭ.
އޯ ކެނެޑާ...
ތަފާތު ބައެއް ބުނަން.....
އެކަމު ގިނައީ ކުލާސް ވެސް މައިތިރި ނުކުރެވޭ ފަރުވާކުޑަ މީހުން ހަމަ އެކަނި މުސާރަ އި ގެ ބޭނުމުގަ