މިސާލަކަށް ގެޔަށް ނުވަތަ އޮފީހަށް ގޮސް ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރަން އާދަކުރާށެވެ. ކަންނެތްކަމުން ނުވަތަ އެނޫސްވެސް ސަބަބަކާއި ހުރެ، ސިޑީގެ ބަދުލުގައި ލިފްޓް ބޭނުން ކުރުމަކީ ދިވެހިންގެ އާދައެކެވެ. އެހެންނަމަވެސް، ސިޑިން އަރައި ފޭބުމަކީ ތިމާއަށް ފައިދާކުރަނިވި ކަސްރަތުތަކެއް އެކަމުން ލިއްބައިދީ ބައްޓަން ރީތިކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ރޯލެއް އަދާ ކުރާ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ތިނެއް ނުވަތަ ހަތަރުު ބުރީގެ އިމާރާތަކުން ސިޑިން ފައިބާނަމަ، 15 ދުވަހުގެތެރޭގައި ތަފާތު ފެންނާން ފަށާނެއެވެ. އެހެންނަމަވެސް މިގޮތަށް ސިޑިން އަރައި ފޭބުމުގައި ފައިދާވާނީ ކަސްރަތެއްގެ ގޮތުގައި ދެކިގެން އަވަހަށް އަރައި ފޭބުމެވެ.

މީގެ އިތުރުން ހިނގާލަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. އަތިރިމަތި ނޫނީ ކަސްރަތުކުރުމަށް ހަދާފައިހުންނަ ތަންތަނަށް ކޮންމެދުވަހަކު ހިނގާލަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. ސާޅީސް މިނެޓާއި 60 މިނެޓްގެ ވަގުތެއް މިކަމުގައި އާދަކޮށް ކޮންމެ ދުވަހަކުވެސް ހޭދަ ކުރުން ރަނގަޅެވެ.

ފަތަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. ފެތުމަކީ އިންސާނާގެ ހަށިގަނޑަަށް އިންތިހާއަށް ކަސްތަރު ލިއްބައިދޭކަމެކެވެ. ފެތުމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ފެޓްސްތައް އަންދާލަ އެވެ. އަދި ފެތުމުގެ ސަބަބުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ކަސްރަތު ލިބިގެންދެއެވެ.

މިކަން ކަމުގެ އިތުރުން، އަވަހަށްހިކެން ބޭނުން ނަމަ ކެއުމައްވެސް ސަމާލުކަން ދިނުން މުހިއްމެވެ. މިގޮތުން މެންދުރު ނުވަތަ ރޭގަނޑުގެ ކެޔުމުގެ ފަސް މިނެޓު ކުރިން ފެންތައްޓެއް ބޯލާށެވެ. އޭރުން މާގިނައިން ކެއުމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ކެޔުން ކޮންޓްރޯލް ކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، ގިނައިން ތެޔޮ ހުންނަ ކާއެއްޗެއްސާ ދުރުވާށެވެ. އަދި ތެލުގެ ގޮތުގައި ކާށިތެޔޮ ބޭނުން ކުރަން އާދަކުރާށެވެ. އަދި ޑެޒާޓެއްގެ ގޮތުގައި އަބަދުވެސް ތާޒާ މޭވާ އިޚްތިޔާރުކުރަން އާދަ ކުރާށެވެ. ކާ ކޮންމެ އިރަކު ކޮންމެވެސް ވައްތަރެއްގެ ތާޒާ މޭވާއެއް ކާން އާދަ ކުރާށެވެ.

މިކަންތައް ކޮށްފިނަމަ ހަމަގައިމުވެސް އެދެވޭ ނަތީޖާ ދާދި އަވަހަށް ފެންނާން ފަށާނެއެވެ. އަދި ތިމާ ބޭނުންވާ ފަދަ ރީތި ބައްޓަމެއްގެ ހަށިގަނޑެއް ލިބިގެންދާން ގިނަ ދުވަހެއް ނުނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު