ހިކިކޮށް ތިބުމަކީ އަބަދުވެސް މީހުން ކުރަން ބޭނުންވާ ކަމެކެވެ. ހިކިކޮށް ތިމާގެ ހަށިގަނޑު ބެހެއްޓުމަކީ ކޮންމެ މީހެއްގެ ހުވަފެނަކަށް ވިޔަސް، އެކި ސަބަބުތަކަށްޓަކައި މިކަމަކީ ގިނަ ފަހަރު ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ ސަޅި ހައްލެކެވެ. ހިކިކޮށް ހުންނަން ބޭނުންނަމަ މޮޅު ޑައިޓެއް ފޮލޯނުކޮށް މިފަހަރު ފުއްދާލެވޭނެއެވެ. ބޭނުންވަނީ ހުރަހަށް ރޮގުޖެހި ހެދުމެވެ.

ދިގަށް ރޮނގު ދަމާފައި ހުންނަ ފޮތީގެ ހެދުމެއް ލައިގެން ހުންނަ ނަމަ އެހެން މީހުންނަށް އެ މީހަކު ފެންނާނީ ހިކިކޮށްކަމަށް އަބަދުވެސް މީހުން ބުނެއެވެ. އެހެންނަމަވެސް މިފަހަރު މިއީ ދޮގެއްކަން ޔުނިވަރސިޓީ އޮފް ނިއުޔޯކްއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގެ ދެ ސައިކޮލޮޖިސްޓުން ކަމަށްވާ ޕީޓާ ތޮމްޕްސަން އާއި ކިރިއާކީ މައިކްލިޑޫ ހެދި މިދިރާސާ ހަދާފައިވަނީ 3D އަންހެން މޮޑެލެއް ބޭނުންކޮށްގެނެވެ. އެއް ސައިޒެއްގެ އެއް ބައްޓަމެއްގެ މި ދެ މޮޑެލްގެ ތެރެއިން އެއް މޮޑެލްގައި ބޭނުންކުރީ ހުރަސް ރޮނގު ހުރި ހެދުމެކެވެ، އަދި އަނެއް މޮޑެލް އަށް ދިގަށް ރޮނގު ހުރި ހެދުމެކެވެ. ނަތީޖާ ދެއްކިގޮތުން ހުރަހަށް ރޮނގު ހުރި ހެދުން ލެއްވި މޮޑެލް ފެންނަނީ ހިކިކޮށް ލޫޅާފަތިކޮށެވެ.

 

މިހެންކަމުން ހިކެން ބޭނުންވާނަމަ ކުރަންވީ ކަސްރަތެއް ނޫނެވެ. ލާންވީ ހުރަސް ރޮގުޖެހި ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Someone

  ދެން އަބަދު އެއްކަހަލަ އެއްޗެހި ލެވޭތަ?

 2. ޙަދީޖަރ

  އެކި ކުލަކުލަ ބޭނުންކުރާނީ?

 3. އުނޫޝާ

  ތި ފޮޓޯގަ ބޭނުން ކޮށްފަ ހުރި މޮޑެލް އެއް ޕޯޒް އެއްގަ ދެ ފޮޓޯ ނަގާ އަދި ހެދުން ވެސް ސޭމް ޑިޒައިނަށް ފަހާފަ ހުރި ނަމަ ތިވާހަކަ ޤަބޫލު ކުރެވުނީސް.

  • Anonymous
 4. ޢައިޝާ

  އަޅެ ފަލަވާން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އާރޓިކަލް އެއް ލިޔެބަ...?

 5. ފާ

  ކުރިމަތިން ފެންނަ އިރަށް ވުރެ އަރިމަތިން ފެންނަ އިރު ހިކި ކަމަށް ދައްކާނެ ކޮންމެ ހެދުމެއް ލިއަސް

 6. ހުސޭނުބޭ

  ދެލޮލަށް މިރުސްފެންއެޅުމުން އަދި މާބޮޑަށް ހިކިކަމަށް ދައްކާނެ.

 7. މުގޮށި

  ރާއްޖޭގެ އަންހެނުން ހުރަސްރޮނގު ހެދުންލީމާ ފެންނަނި މާފަލަކަމަށް.

 8. ހީނާ

  ކޮންމެ ހެދުމެއްލައިގެން ވެސް އަރިމަތިން ފޮޓޯ ނެގީމަ ހިކިކަމަށް ދައްކާނެ އެހެން ނޫނަސް ފޮޓޯގައި ހުރަހަށް ރޮގު ދަމާފައި އިން ހެދުން އިނީ ވެސް މާ ގަޔަށް ބާރުކޮށް ފަހާފައި. ޤަބޫލުކުރެވޭ ކަމެއް ނޫން ތިއީ