ބަތަލާ ދިޕިކާ ޕަދުކޯން އައި ރަންވީރު ސިންގގެ ކައިވެނި މި މަހުގެ 14 ވަނަ ދުވަހު، ކުރެވޭއިރު، މިހާރުން ފެށިގެން ދިޕިކާ ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. އަދި މިހާރުވެސް ކައިވެންޏަށް މީހާ ނަލަވާހެން ނަލަވެގެން ފޮޓޯތައް ދަނީ ނަގަމުންނެވެ.

ކައިވެނީގެ ހަފްލާގެ ކުރިން ބާއްވާ ޕްރިވެޑިންގ ސެލެބްރޭޝަންގައި ކަމަށް ބެލެވޭ ފޮޓޯތަކެއް ދިޕިކާ މީސް މީޑިއާގައި ހިއްސާކޮށްފައިވާއިރު، ދިޕިކާގެ ރީތިކަމުގެ ވާހަކަ ދައްކަމުން އަންނަ މީހުން މަދެއް ނޫނެވެ. މި ފޮޓޯތައް ހިއްސާކޮށްފައި ވަނީ ދިޕިކާ އެންމެ ގާތްކޮށް އުޅޭ އޭނާގެ މޭކަޕް އާޓިސްޓެވެ. އަދި ދިޕިކާގެ އޮފިޝަލް ފެޝަން ޑިޒައިނަރެެވެ.

އެ މީހުން އިންސްޓަގްރާމް ކުރި އެ ފޮޓޯތަކުން ދިޕިކާގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި، ހުރިހާ ގޮތަކުންވެސް އަދި ހުރިހާ ކަމަކުންވެސް ރަނގަޅުގޮތް މިންވަރުވުން އެދޭކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.

ދިޕިކާ ކައިވެންޏަށް 12 ދުވަހަށް ވެފައިވާއިރު، ދިޕިކާގެ މަންމަގެ ހާއްސަ ކަމެއް ކައިވެންޏާއި ގުޅުވައިގެން ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ވެއެވެ.

https://www.instagram.com/p/Bpq4DpVhi3Y/?utm_source=ig_embed

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ހަފްލާ އޮތީ އިޓަލީގައެވެ. 14 އަދި 15 ގައި އެ ހަފްލާތައް އޮންނައިރު، އޭގެ ފަހުން ދިޕިކާގެ އާއިލާއާ ރަހުމަތްތެރިންންަށް ހާއްސަ ހަފްލާއަކާއި، ރަންވީރުގެ އާއިލާއާ ރަހުމަތްތެރިންނަށް ހާއްސަ ހަފްލާއެއް ބާއްވަން ވަނީ ނިންމާފައެވެ.

https://www.instagram.com/p/BprC7bDhBTb/

މި ދެތަރިން ކައިވެންޏާއި ހަމައަށް އައިސްފައި މި ވަނީ އެކުގައި އުޅޭތާ ހަ އަހަރު ފަހުންނެވެ. މި ދެތަރިން ކައިވެނި ކުރާނެ ތާރީހް ހާމަކޮށްފައި ވަނީ މިދިޔަ މަސް ތެރޭގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޫތުލީހް

    މަވެސް. ހަމަ އިނދެލާނެ ސާލިޙް އަންޏްބެެއް ނެތީ. މިދަނީ ދުޢާ ކުރަމުން. އިންށާ ﷲ ވަރަށް އަވަހަށް ދިމާވާނެ.

  2. ބަދޫރާ

    ބަލަ ހަމަ އަންގާވެސް ނުލާ....

  3. ޖޮއްބެ

    ކިހާވަރަކުން ދާނެބާ؟ ?.