އިންޑިއާގެ ހިންދޫ ދީނުގެ އިސް ފާދިރީއެއް ކަމަށްވާ ސުވާމީ ނަތިޔަނަންދާގެ ވީޑިއޯތައް މީސްމީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. ގިނަ ބައެއްގެ ސަމާލުކަން އޭނާގެ ވީޑިއޯތަކަށް ލިބެމުން ދިޔަނަމަވެސް، ގިނަ ބަޔަކަށް އޭނާގެ ވާހަކަތައް ވެގެންދަނީ ހެއްވާ މަޖާ އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކަށެވެ. އެހެން ނަމަވެސް އިންޑިއާގެ ހިންދޫ ދީނުގެ ގިނަ ބަޔަކު ނަތިޔަނަންދާގެ ވާހާކަ އަޑުއަހައި ޤަބޫލުކުރެއެވެ.

ދާދިފަހުން ނަތިޔަނަންދާ މިވަނީ އާދައިގެ މަތިން އޭނާ ބޭއްވި ހިންދޫ ދީނުގެ ދަރުހެއްގައިވެސް އެފަދަ ވާހަކަ އެއް ދައްކާފައެވެ. އެގޮތުން އިންސާނުންނެކޭ އެއްފަދައިން ރާމާމަކުނާއި ގެރިބަކަރިއާއި އެނޫންވެސް ބައެއް ޖަނަވާރުތަކަށް ވާހަކަދެއްކޭނެ ގޮތެއް ހޯދައިދޭނެކަމަށް އޭނާ ވަނީ ވަޢުދުވެފައެވެ. އަދި އެ ޖަނަވާރުތަކަށް ތަމަޅަ އާއި ސަންސްކްރިޓް ބަހުން ވާހަކަ ދެއްކޭނެ ގޮތެއް ވަރަށް އަވަހަށް ހޯދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ރާމާމަކުނާއި ބައެއް އެހެން ޖަނަވާރުތަކަށް އަހަރެމެން އިންސާނުންނަށް ލިބިފައިވާ ހުރިހާ ގުނަވަނެއް ލިބިފައެއް ނުވޭ. އެހެން ނަމަވެސް އެ ގުނަވަންތައް ޖަނަވާރުންގެ ހަށިގަނޑުގައިވެސް އުފެއްދޭނެ ގޮތެއް އަހަރެން އެބަ ހޯދަން. އަހަރެން އެކަންކުރާނީ ސައިންޓިފިކް، މެޑިކަލް ދިރާސާތަކުން،" ނަތިޔަނަންދާ ބުނެފައި ވެއެވެ.

ސައިންސުގެ އަލީގައި ޖަނަވާރުންނަށް ވާހަކަދެއްކޭނެ ގޮތެއް ހޯދާކަމަށް ނަތިޔަނަންދާ ބުނިއިރު، އޭނާ ބުނެފައިވަނީ އެކަން ކުރުމަށް އޭނާ "ސޮފްޓުވެއާ"އެއް ތައްޔާރުކޮށްފައި ވާކަމަށެވެ. އަދި އެ ސޮފްޓުވެއާ އިން އެކަން ކުރެވޭތޯ ޓެސްޓު ކުރިއިރު ޓެސްޓު ކާމިޔާބު ވެފައިވާކަމަށް ވެސް ނަތިޔަނަންދާ ވަނީ ބުނެފައެވެ.

ނަތިޔަނަންދާ ބުނެފައިވަނީ، ކުރިޔަށް އޮތް އެއް އަހަރުގެ ތެރޭގައި އޭނާ ޖަނަވާރުންނަށް ވާހަކަ ދެއްކޭނެ ގޮތެއް ހަދާނެ ކަމަށް ވަޢުދުވާ ކަމަށެވެ. އޭނާގެ މި ވާހަކަތަކާއި ގުޅިގެން އެތަނުގައި އެއްވެ ތިބި ހިންދޫ ދީނުގެ މީހުން ވަނީ އޭނާއަށް މަރުހަބާ ކިޔައި ބެރު ޖަހާފައެވެ.

ނަތިޔަނަންދާގެ މި ހަޤީޤަތެއް ނެތް ވާހަކަތަކާއި ގުޅިގެން އޭނާއަށް މީސްމީޑިއާގައި އެތައް ބައެއްގެ ފާޑުކިއުން އަމާޒުވަމުންދާއިރު، މީގެ ކުރިންވެސް އޭނާ ވަނީ އޭނާއަށް ތަބާވާ މީހުން އޮޅުވާލައި މިފަދަ ވާހަކަތައް ދައްކާފައެވެ. މި ސަބަބަށްޓަކައި އޭނާއަކީ ބުއްދި ހަމަޖެހޭ މީހެއް ކަމާއި މެދު ގިނަ ބަޔަކު މިހާރު ސުވާލު އުފައްދައެވެ.

އިންސާނުން ނުވަތަ ޖަނަވާރުންގެ ހަޑިގަނޑުގައި، އެތަކެއްޗަށް އުފެދުމުގައި ލިބިގެން ނުވާ ގުނަވަންތައް އުފައްދައި އެފަދަ ބަދަލުތައް ގެނައުމަކީ ދިރުން ދެއްވާ އެއްކައުވަންތަ މާތްﷲ ފިޔަވާ އެހެން ފަރާތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންކަން ކުރާނެ ކަމަށް ބުނާ މީހުން ދައްކާ ވާހަކަ ޤަބޫލުކުރުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެފަދަ މީހުންނަކީ މީހުން މަގުފުރައްދައި މަގު އޮޅުވާލުމުގެ މަޤުސަދުގައި ދޮގު ހަދާ ހީލަތްތެރި ބަޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    މިއުޅޭ އަލީ ހުސޭނުމެން ޠައްޔިބު ސަހީމުމެން މައުލޫފްމެން ދައްކާކަހަލަ ވާހަކަ!

    • ެަލީ

      ހުސާނުބޭ ހަޖަމް ޕްލީޒް

  2. ބުއްޅަބޭޭޭޭޭ

    ރާމާ މަކުނު ހިމާރު ދުއްވާ ވާހަކަ އޭނަ އެދައްކަނީ!

  3. ނާރު

    މީ ދެވަނަ ޖުހާ ދޯ!

  4. ނާރު

    މީ ދެވަނަ ޖުހާދޯ!

  5. އަނާރު

    ތިވާހަކަ މަހޭ ގަބޫލްކުރާނެ

  6. ނަފީ

    ދެވަނަ އަންނި އެއްނުތީ މޑޕ ބައިގަނޑުތިބޭނެ އަންނި މީދުވާލޭ ބުންޏަސް ގަބޫލުކޮށްގެން

    • ާަައަންނި

      ޢަންނި ދިރުވާލާ

    • ާެެއައިސަަ

      ޥަގުން

  7. މުހައްމަދު އަހްމަދު

    ހިންދޫންނާ ދިވެހީންގެ މިހާރު ތަފާތެއްނެތް.. އަންނި ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް އޯކޭ.. ރަސޫލާ އަށް ހަޖޫ ޖެހުމުންވެސް އޯކޭ... ޝޭޚުންވެސް ތިބެނީ އަތްޖަހަން..

  8. Anonymous
  9. އަންނި

    އަންނި ކާލަންވީނުން

    • ހަހަހަހަހަ

      ރަަހައާއި ވަސް ނުބައިކަމުން ނުކެވޭނެ.

  10. މަހޭސް

    މީވެސް އައްނި ދައްކާކަހަލަ ވާހަކަދައްކާ މީހެއް

  11. މަހޭސް 16

    މީވެސް އައްނި ދައްކާކަހަލަ ވާހަކަދައްކާ މީހެއް

  12. ހީނހީނހީނ

    ހަހަހަ އެމްޑީޕީ މީހުނޭ ކަލޭމެންގެ ސުވާމީ ގަދަ ދޯ. ކަކަކކކކ

  13. ކެނެރީ މުގާބޭ

    ދުނިޔެއިން ބޭރަށް ދިވެހި ޒުވާނުން ކިޔަވަން ފޮނުވުން ވެސް....