މިދިޔަ ހަފްތާގެ ތެރޭގައި މީސްމީޑިއާގެ އެންމެ ވައިގައި ހިފައިފައިވަނީ ޔަމަނުގެ ރެފިޔުޖީ ކޭމްޕެއްގައި އޮތް އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އަމަލް ހުސެއިންގެ ފޮޓޯތަކެވެ.

ކާންބޯނެ އެއްޗެއް ނުލިބުގެ ސަބަބުން ހިކި އަނަރޫފަވެފައިވާ އަަމަލްގެ ފޮޓޯތަށް މަޝްހޫރު ފޮޓޯ ގްރާފަރެއްކަމަށްވާ ޓައިލާ ހެކްސް ނަގައި އެ ފޮޓޯތަށް އާންމުކުރުމާއި އެކު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އެކަން އައިސްފައެވެ.

އަމަލް ނިޔާވެފައިވަނީ ބުރާސްފަތި ދުވަހު ކަމަށް އޭނާގެ މައިންބަފައިންނާއި ހަވާލާދީ ޔަމަނުގެ ނޫސްތަކުން ވަނީ ބުނެފައެވެ. އަމަލް މަރުވުމުން އޭނާގެ މަންމަ ބުނީ އަމަލް އަކީ އަބަދުވެސް ހިނިތުންވަމުން އައި އަންހެން ކުއްޖެއް ކަމަށާއި މިއަދު އޭނާ އެންމެ ކަންބޮޑުވަނީ އޭނާގެ އެހެން ދަރިންނާއި މެދުގައި ކަމަށެވެ.

އަމަލް ނިޔާވުމުގެ ކުރިން ޔަމަނުގެ ޑޮކްޓަރުން އޭނާއަށް ފަރުވާކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ. އަދި އަމަލްގެ ހާލަތުގައި ތިބި އެތަށް ކުދިންނެއް ޔަމަނުގެ ރެފިޔުޖީ ކޭމްޕްތަކުގައި އެބަތިބި ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ،

ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެތައް ލައްކަ ބައެއް ހާލުގައި ޖެހިފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޔަމަނަކީ އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous
  2. މޯހަން

    ސައުދީގެ ނުބައި ނުލަފާކަމާއެވެ

    • Anonymous
  3. Anonymous
  4. މީ

    މާތްﷲ އެކުއްޖާއަށް ސުވަރުގެ މިންވަރުކޮށް ދެއްވަވާށި އަދި ދަތި ހާލުގައިވާ އެންމެނަށް ރިޒުގް ތަނަވަސް ކޮށް ދެއްވަވާށި އާމީން

  5. Anonymous
  6. ރާބޮޑޭ

    ތިޔަހުރިހާކަމެއްގެ ހަލާކަކީ މިއުޅޭނަޖުދު ކަރައިގެ އާލުސޫދުންގެ ނުބައިކަމެވެ ޔާﷲ މިއާލުސޫދުންގެ ނުބައިކަމުން އިސްލާމީ އުއްމަތް ސަލާމަތް ކޮށްދެއްވާންދޭ !

  7. ޯއުރަ

    މަޔާހޮކިތަކާ ޖޯޖު ބުސް އަވަހާރަވެ ވަޑައިގެންފި