އަމިއްލަ ވިޔަފާރިއަކުން ޅައުމުރުގައި ބިލިއަނަރަކަށް ވެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރާނެއެވެ، ފަހަރުގައި އެއީ މީހުންގެ ވިސްނުން އެހާވަރަށް ތަރައްޤީ ނުވަނީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އުމުރުން އެންމެ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ އަލީނާ މޯސް މިވަނީ ވިޔަފާރިއެއް ފަށައިގެން އެކަމުން ރަނގަޅު މަންފާއެއް ހޯދުމަކީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއްކަން ސާބިތުކޮށްދީފައެވެ.

އެގޮތުން އުމުރުން އެންމެ ހަތް އަހަރުގައިި ލޮލީޕޮޕް އުފެއްދުމުގެ ހިޔާލުކޮށް އުމުރުން 10 އަހަރުގައި އެ މަސައްކަތް އަމަލީ ގޮތެއްގައި ފަށައިގަނެ މިއަދު އަލީނާއަކީ ލޮލީޕޮޕް އޮންލައިންކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ވިއްކާ ކުޅަދާނަ ވިޔަފާރިވެރިއެކެވެ.

އޮންލައިން ވިޔަފާރީގެ އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ "އެމެޒަން" މެދުވެރިކޮށް އެލީނާ އޭނާ އުފައްދާ ލޮލީޕޮޕްތަށް ދުނިޔޭގެ އެކި ގައުމުތަކަށް ވިއްކާއިރު މިއަދު އޭނާއަކީ އެކަމުގެ ސަބަބުން ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި ގުނާލެވޭ ކުއްޖެކެވެ.

އަލީނާ ބުނެފައިވާގޮތުގައި އޭނާ އުފައްދާ ލޮލީޕޮޕްއަކީ ސިއްހީ ގޮތުން ރަށްކާތެރި އެއްޗެކެވެ. އެހެނީ އޭގައި އެއްވެސް ވަރަކަށް ހަކުރު އެކުލެވިގެން ނުވުމާއި އެއްވެސް ވަރަކަށް ކެމިކަލްގެ ބާވަތެއް ލޮލީޕޮޕް ހެދުމުގައި ބޭނުންކޮށްފައި ނުވާތީ ކަމުގައި އަލީނާ ބުނެއެވެ. އަދި އޭނާ ވިއްކާ ލޮލީޕޮޕް އަކީ ސިއްހީ މިންގަނޑުތަކަށް ފެތޭ ލޮލީޕޮޕްއެއް ކަމަށާއި އެބޮއިގެން ދަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އަލީނާ ވަނީ އަރުވާފައެވެ.

ސިއްހަތަށް ފައިދާހުރި ލޮލީޕޮޕް ވިއްކައިގެން މިއަދު އަލީނާގެ އަމިއްލަ މިލްކިއްޔާތިގައި 6 މިލިއަން އެމެރިކާ ޑޮލަރު އެބަހުށްޓެވެ. އަދި އެލީނާއަކީ މުސްތަގުބަލުގައި ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިއަކަށްވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ،

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑަޔާނާ

    ޖާބިރުވެސް ދޯ

  2. ފަޔާޝް

    ޖާބިރު ވެސް މުއްސަނދި ވީ ލޮލީ ވިއްކައިގެނެއްނު!

  3. ބްލެޑާ

    ޖާބިރުގެ ވާހަކަވެސް ގެނެސްދޭން ވާނެ.

  4. ޓަވަރު

    ޖާބިރު...

  5. ސާބަސް

    ޖާބިރު ވެސް

  6. ސުބު

    ސުރުޙީ ކިޔާލާފަ ފުރަތަމަ ހީކުރީ ޖާބިރު ވާހަކަ ކަމަށް..

  7. ޖާބިރު

    ސުރުޚީ ކިޔާލާފަ މަ ހީކުރީ އަޅުގަނޑުމެންގެ "ގޯލްޑެން" އެކޮނޮމިކް މިނިސްޓަރު ލޮލީ ޖާބިރުކަމަށް!. ލޮލް

  8. ބުރޯ

    ޖާބިރު ވީއްލީ ލޮލީ ތަ ؟

  9. ފެންފުށި

    މަހީކުރީ ޖާބިރުގެ ފަސާނާއެއް ކަމަށް...

    4
    1
  10. ހުސޭނުބޭ

    އެމޭޒަންއާ ގުޅުނަސް ޖާބިރު ވައްޓައެއްނުލެވޭނެ!

  11. ނޫސްކިޔާމީހެއް

    ރާއްޖޭގަވެސް އެބަހުރި ލޮލީވިއްކައިގެން މުއްސަނދިވިކަމަށްބުނާމީހެއް، އޭނަގެ ރިސޯޓްތައްވެސް އެބަހުރި މިހާރު، އެންމެފަހުން އޭނަދިން މެސެޖަކީ މިރާއްޖޭގެ އިކޮނޮމިކް މިނިސްޓރުކަންލިބިއްޖިއްޔާ ރައްޔިތުން ރަނުން ޖަރީކޮށްދޭނަމޯ.... ގަމު ކިހާ މުއްސަނދިވީމަދޯ؟

  12. ބުރޯ

    ނޮޓް ބިލިއަނަރ މިލިނިއަނަރ

  13. އަލިބެއްޔާ

    ކިއްލި ވިއްކައިގެން ހުޅުމާލެއާއި މާލެއިން ބިންގަނެވޭ!!! ދެން، ލޮލީ ވިއްގައިގެން ބިލިއަނަރަކަށް ނުވެވޭނެ ސަބަބެއްނެތް.

  14. Anonymous

    Ok