ފިރިހެން ކުއްޖަކު ނުލިބުނު އިންޑިއާ އަންހެނަކު ދެ އަންހެން ދަރިންނާއެކު އަންދާލައިފިއެވެ.

އުމުރުން 40 އަހަރުގެ ޕުޝްޕާ ޑެވީ ނަމަކަށް ކިޔާ އަންހެން މީހާ އަންދާލާފައި ވަނީ އޭނާގެ ފިރިމީހާގެ މައިންބަފައިންނެވެ. ކައިމޫރް ޑިސްޓްރިކްގެ ފިރިހެނަކާއި މީގެ 20 އަހަރު ކުރިން ކައިވެނިކޮށްގެން އުޅޭ މި ދެ މަފިރިންނަށް ލިބުނު ދެ ދަރިންނަކީވެސް ދެ އަންހެންކުދިންނެވެ.

އެކަމާއި ފިރިހެން މީހާގެ އާއިލާއިން ވެސް ތިބެނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި ފިރިހެން މީހާވެސް އެކަމާއި ހިތްހަމަނުޖެހިގެން އުޅެފައި ވެއެވެ. ޕުޝްޕާއަށް ފިރިހެން ދަރިއަކު ލިބޭތޯ ފަރުވާ ދިނުމަށް އެކި ޑޮކްޓަރުން ކައިރިއަށް ދިޔައެވެ. ނަމަވެސް އެކަން އޭނާ ބޭނުންވިގޮތަށް ނުވުމުން އެ ފިރިހެން މީހާވެސް ބޭނުންވީ އެ އަންހެން މީހާއަށް ބޮޑު އަނިޔާއެއް ދޭށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެންމެން ނިދާފައި ތިއްބާ ޕުޝްޕާ އާއި އޭނާގެ އަންހެން ދެ ދަރިންގެ ގަޔަށް ކެރޯސިން އަޅާ ހުޅުރޯކޮށް އަންދާލާފައެވެ. އެކަންކޮށްފައި ވަނީ އެ ފިރިހެން މީހާގެ މައިންބަފައިންނެވެ. އެ ފިރިހެން މީހާގެ މައިންބަފައިން ޕުޝްޕާގެ ގައިގާ ރޯކޮށްލައި އެ މީހުން މަރުވަންދެން ބަލަން ތިބިކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މިކަން އާއްމުންގެ ސަމާލުކަމަށް އައީ އެގޭގެ ތެރެއިން ދުން އަރަމުން ދާތަން ފެނިގެންނެވެ. އެ މީހުން ބުނިގޮތުގައި، މިނިމަސް އަނދާވަސް ވަރަށް ބޮޑަަށް އެ ހިސާބުގައި ހުއްޓެވެ. އެހެންވެ އެެކަން ފުލުހުންގެ ސަމާލުކަމަށް ގެނައެވެ. ފުލުހުން އައުމުގެ ކުރިން އެ ފިރިހެން މީހާގެ އާއިލާ މީހުން ވަނީ ފިލާފައެވެ.

ފުލުހުން މިހާރު މި މައްސަލަ އިތުރަށް ބަލަމުން އަންނައިރު، ޕުޝްޕާގެ އާއިލާއިން ބުނީ، އެ މީހުންގެ ކޮއްކޮއަށް ފިރިހެން ކުއްޖަކު ނުލިބެތީ އެކި ގޮތްގޮތުން އެ މީހުން އަނިޔާ އޭނައަށް އަނިޔާކުރަމުންދަކަން އިނގޭ ކަމަށެވެ.

މިއީ އިންޑިއާގެ ބައެއް ހިސާބުތަކުގައި އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިޔާ

    ޕިސް ޕިސް..މިމީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން ސިކުނޑި ސުމަކަށް ދާވަރުވޭ.އަދި މިއުޅޭ ހާމުދުރު އެދުރުންގެ ސަބަބުން އިންޑިޔާގެ ގިނަބައެއްގެ ސިކުނޑިތަކަށް މިވަނީ ބޭސް ފަރުވާކުރަންޖެހިފަ...ބޯހަލާކު...

  2. ގެރިއަމާދީ

    މެންޓަލް އިންޑިޔާ މެންޓަލް ފާދިރީންސް އެންޑް މެންޓަލް ބަގްވާން ގެރިވާންސް ރޭޕް ވާންސް

  3. ބޮލުރޮދި

    މިހާރު ފުޓުބޯޅަ ޓީމެއް ހަމަވާނެ. އެހެންނު.

  4. ބޯބުޅި

    ދެން ފިރިހެން ކުއްޖެއް ސިފަވާ ގޮތަށް ބުދެއް ހަދާ އަޅުކަންކުރަންފަށާ، ނޫނީ ޅަ ފިރިހެން ގެރިއެއް ހޯދާފަ ދަރިއަކަށް ހަދާ. އިންޑިޔާގަ އުޅެނީ ބޮލުރޮދި ކެނޑިފަ ތިބޭ ބައެއް.

  5. ޭއިންޑިއާރ

    މިހާރު ފިރިހެން ދަރިން ލިބިފަ ހުންނާނީ