ހަށިގަނޑު ރީތި ކުރުމަކީ ކޮންމެ މީހަކުވެސް ހުވަފެނެއްގެ ގޮތުގައި ދެކޭ ކަމެކެވެ. ކޮޮންމެވެސް ދުވަހަކު އަކަމާ އުޅޭނީއޭ ހިތައި ނުކޮށް ދޫކޮށްލާާ ކަމެކެވެ. އެހެން ކަންތައް ކުރާ މީހުން އުމުރުން ދުވަސްވެ ދިރިއުޅުމުގެ ޒިންމާތަކާއި ކުރިމަތިވެ ހަށިގަނޑު ރީތި ކުރުމާއިގެން އުޅެވޭ ދުވަސް އަންނަ ތަނެއް ނުފެނެއެވެ. ދެން މީހާ އުމުރުން ދުވަސްވެ ހަށިގަނޑު އެލި ސިއްހަތަށް ނޭދެވޭ އަސަރު ކުރަން ފަށައެވެ.

އެމެރިކާގެ ޑަލަސްގައި ދިރިއުޅޭ އުމުރުން 67 އަހަރުގެ ބިލް ހެންޑްރިކްސް އަކީ އެފަދަ މީހެއް ނޫނެވެ. މުސްކުޅިވި ދުވަހު އޭނާގެ ހަށިގަނޑު ވީ ވަރުގަދައެވެ. އެންމެ ޒުވާން އުމުރުގެ މީހުންނަށް ވުރެވެސް އޭނާގެ ސިއްހަތު މާ ރަނގަޅެވެ. އޭނާގެ ހަށިގަނޑުގެ ފޮތޯތައް ފެނިފައި އެތައް ބަޔަކަށް ވަނީ ހައިރާންކަން ގެނުވާފައެވެ.

ކުރިން އެމެރިކާ ސިފައިންގެ މެރިންއެއް ކަމަށްވާ ބިލް އޭނާގެ ހަށިގަނޑު ވަކި ގޮތަކަށް ބަހައްޓަނީ ކޮންމެ ދުވަހަކު ވަކި އެއްޗެއް ކައިގެންނެވެ. އޭނާގެ ޑައެޓުގައި ހިމެނެނީ އޯޓްސް، ބިސް، ކުކުޅު އަދި ސެލެޑްއެވެ. އަދި ކޮންމެ ދުވަހަކު އޭނާ ޖިމުގައި ދެގަޑިއިރު ކަސްރަތު ކުރުމުގައި ހޭދަ ކުރެއެވެ.

ބިލް މިހާރު ވަނީ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެ އުމުރުގައި އާދައާއި ހިލާފު ރީތި ހަށިގަނޑެއް ހުރުމުން އޭނާއަށް ވަނީ އިންސްޓަގްރާމުގައިވެސް އެތައް ހާސް ފޮލޯވަރުން ލިބިފައެވެ.

ބިލް އޭނާގެ ހަށިގަނޑު ވަކި ގޮތަކަށް ބަހައްޓަނީ ވަރަށް މަސައްކަތުންނެވެ. އެތައް އަހަރު ދުވަހެއްގެ ބުރަ މަސައްކަތުންނެވެ. އޭނާގެ ފަރާތުން އެތައް ބަޔަކު ދަނީ މިހާރުވެސް މިސާލު ލިބިގަންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޝް

    ތިޔަށް ކިޔާތަ ރީތި ހަށިގަނޑު؟؟ ރަކިސް ބޮނޑެއްގެ ބަނޑުދަށް ފަރާތްހެން ބުރަކަށިވެސް އެހެރީ..ޗީޑި ނޫޅެން

    • ރީތި

      އަސްލު އެއުމުރުގެ މީހަކާ އަޅާ ބަލާފަ ކިތަންމެ ތަނެއްވެސް ހަށިގަނޑު ރީތި.އާންމުކޮށް 60 އަހަރު ނުވިޔަސް ގިނަ މީހުންގެ ހަށިގަނޑު ހުންނަނީ އުމުރަށް ވުރެވެސް މުސްކުޅިކޮށް.

  2. ރުޒާނާ ޗޮއްޕަޓު

    ތިހެން ހުރީމަ ރީތީ!!!؟؟؟ ކަލޭމެންނަށް ރީތި ހުތުރު ދަސްކޮށް ދޭކަށްނު ފުރަތަމަ ވީ.