ދުނިޔޭގެ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ކައިވެނި ކަމުގައިވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެނީގެ އެންމެ ފަހުގެ ކަންތައް މިހާރު ދަނީ ކުރަމުންނެވެ. އަންނަ ހަފްތާ ތެރޭގައި މި ދެތަރިންގެ ކައިވެނި ކުރާނެއެވެ.

އެކުގައި ގަތްގަނޑަކަށް 6 އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު މި މަހުގެ14 ވަނަ ދުވަހު ކައިވެނި ކުރާ ދިޕިކާ ކައިވެންޏަށް ހާއްސަކޮށް ގަތް ގަހަނާތަކުގެ އަގު އިންތިހާއަށް ބޮޑުވެގެން އެ ވާހަކަ ގިނަބަޔަކު ދައްކަމުން އެބަދެެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، ދިޕިކާ ކައިވެންޏަށް ހާއްސަކޮށް ގަތް ގަހަނާތަކުގެ އަގު 10 މިލިއަންއަށް އަރައެވެ. އަންދެރީގެ ގަހަނާ ވިއްކާ ފިހާރައަކުން ދިޕިކާ ގަހަނާތައް ގަތްކަމަށް ބައެއް ރިޕޯޓްތައް ބުނަމުން އަންނައިރު، އޭނާ ގަތީ ރަނާއި، ޑައިމެންޑުން ޖަރީކޮށްފައިވާ ގަހަނާތައް ކަމަށް ވެއެވެ. އަދި ރަން ފަށެއް ރަންވީރުއަށްވެސް ގަތެވެ.

ބައެއް ރިޕޯޓްތައް ބުނިގޮތުގައި، އެ ފިހާރައަށް ގަހަނާ ގަންނަން ދިޕިކާ ދިޔަ ވަގުތު އެ ފިހާރަ ބަންދުވެސް ކުރިއެވެ.

ދިޕިކާގެ ކައިވެނި އޮންނާނެ ކަމަށް ބެލެވެނީ އިޓަލީގައެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު އެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު، އެ ކައިވެންޏަށްފަހު ދެ ތަރިން ހަނީ މޫނަށް ދާނެކަމަށް ބެލެވެއެވެ. އަދި އެއަށް ފަހު އިންޑިއާއަށް އައިސް ދެ ތަރިންގެ އާއިލާ އާ ރަހުމަތްތެރިންނަށް ހާއްސަކޮށް ވަކި ވަކިން ޕާޓީވެސް ބާއްވާނެކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރުން

    ދެން އަހަރުންނަށް ކީއްތަ؟ ހުއް

  2. މުންދު ނާޒިމު

    އަހަރުމެނަ ކޮން ކަމެ...?