މަންމައަކު ދަރިފުޅު ދެކެ ވާ ލޯތްބަކީ ވަރަށް ވަރުގަދަ އަދި އެހާމެ ބާރުގަަދަ އެއްޗެކެވެ. މިއީ އެފަދަ މިސާލަކަށް ވެދާނެއެވެ. މީގެ 12 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓަކަށްފަހު ކޯމާއަކަށް ދިޔަ ނުކުޅެދޭ ދަރިފުޅު ދެ ލޯ ހުޅުވައިފިއެވެ. މަންމަ ދައްކާ ވާހަކަތަކަށް ޖަވާބުގެ ގޮތުގައި ހިނުތުންވެލައެވެ.

އުމުރުން މިހާރު 50 އާއި ގާތް ކުރާ އެ މީހާގެ ހުރިހާކަމެއް މިހާރު ކުރަމުން ދަނީ 75 އަހަރުގެ މަންމައެވެ. ވޭންގ ޝުބާއޯ ނަމަކަށް ކިޔާ އެ ޒުވާނާއަށް މަންމަ ކޮށްދެމުން އަންނަ ކަންތައް ޝުކުރު އަދާ ކުރަނި އެ މޫނު މައްޗަށް ގެނެސްދެމުންދާ ހިނިތުންވުމުގެ ސަބަބުންނެވެ.

ވެއި މިންގީ މިހާރު ދިރިއުޅެމުންދަނީ ވަރަށް ހާލުގައެވެ. ދަރިފުޅު ބަލިވި ހިސާބުން މީހާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ހަށިގަނޑުގެ ވަރުދެރަވެއްޖެއެވެ. ގިނަ ދުވަސްވަހު ހަމައެކަނި ފެންފޮދެއް ބޯލައިގެން ނިންމާލައެވެ.

އުމުރުން 36 އަހަރުގައި ވޭންގ އެކްސިޑެންޓްވެ އެ އޮަތީ ހިރިނުލެވިފައެވެ. އެ ދަރިފުޅަށް އެހީވުމަށް ކޮންމެ ދުވަހަކު މިންގީ ފަތިހު ފަހެއް ޖަހާއިރު ހޭލައެވެ. މިދިޔަ މަސް ތެރޭގައި އެ ދަރިފުޅުގެ މޫނުން ހިނިތުންވުން މިންގީއަށް ފެނިގެން ދިޔައިރު، އޭނާާއަށް ހުރީ އުފަލުން ރޮވިފައެވެ. ވޭންގ އެ ހަރަކާތް ކުރަން ފެށީ 12 އަހަރު ފަހުންނެވެ.

ވޭންގއަށް ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް މަންމަ ކިޔާ އެއްޗެހި އަޑުއިވޭ ކަމަށް ވެއެވެ. އެހެންވެ ޖަވާބެއްގެ ގޮތުން ކޮންމެ ފަހަރަަކު ފޯރުކޮށްދެނީ އުފާވެރި ހިނިތުންވުމެކެވެ.

މިހާރު މިންގީ އުއްމީދު ކުރަމުން ދަނީ ދަރިފުޅު ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ. އަދި ދުވަހަކުވެސް އެ ދަރިފުޅު ދޫކޮށްލަން ބޭނުންނުވާކަމަށް މިންގީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    އިންޝާﷲ