އިންޑިއާގެ އެކި ސަރަހައްދުތަކުގައި މިހާރު ދިވާލީ ފާހަގަކުރަމުން އަންނައިރު، އުމުރުން ތިން އަހަރުގެ ކުއްޖެއްގެ އަނގައިގެ ތެރެއަށް" ސުޓުލިބޮމެއް" ގޮވައި އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިއްޔެ އިރުއޮއްސުނު ފަހުން މި ހާދިސާ ހިނގާފައި ވަނީ އެކުއްޖާ ބޭރުގައި ކުޅެން އެޅެނިކޮށެވެ.

އެކުއްޖާގެ ބައްޕަ ޝާޝީ ކުމާރު ބުނީ، ޒުވާނަކު އެކުއްޖާގެ އަނގަޔަށް ކޮއްޕިއިރު އަދި އެ ބޮން ވަނީ އިރުކޮޅެއް ފަހުން އެ ކުއްޖާގެ އަނގަޔަށް ގޮވާފައިކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަދި އެ ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެފައިވާކަމަށާއި، ހަށިގަނޑުގެ 50 އަށްްވުރެ ގިނަތަނުން ފަހާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޮކްޓަރުން ބުނިގޮތުގައި، އެ ކުއްޖާގެ ގޮހޮރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އިތުރު ސިއްހީ މައްސަލަތަކެއް އެ ކުއްޖާއަށް ކުރިމަތިވެފައިވާކަަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެ ކުއްޖާގެ ބައްޕަ ފުލުހަށް އެ މައްސަލަ ހުށަހަޅާފައިވާތީ އެކަން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމު

    ކޮބާ ބަލާ ބަލަ މި ވީ ގޮ