ސިފައިންގެ ވަޒީފާއަކީ ބޮޑެތި ޤުރުބާނީ ތަކެއް ވާން ޖެހޭ ވަޒީފާއެކެވެ. މިގޮތުން ގިނަ ވަގުތު ޢާއިލާ އާ ދުރުގައި ހޭދަ ކުރުމުގެ އިތުރުން ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ކުރިން ހަދާ ތަމްރީނަކީ ޢާއިލާއާ ދުރުގައި އެތައް މަސް ދުވަސް ހޭދަކުރަން ޖެހޭ ކަމެކެވެ. މިގޮތަށް ތަމްރީނަށް ދާ މީހުންގެ ތެރެއިން އެންމެ ބޮޑު ޤުރުބާނީއެއް ވާ އެކަކީ މައިންނެވެ.

އެމެރިކާގެ އަލަބާނީގައި ދިރިއުޅެމުން އަންނަ ސިފައިންގެ މަންމަ އަކު މިވަނީ އޭނާގެ 11 އަހަރުގެ ދަރިފުޅަށް އުފާވެރި ހަދިޔާއެއް ދިފައެވެ. ސިފައިންގެ ތަމްރީނެއްގައި 11 މަސް ދުވަހު އުޅުމަށްފަހު މަންމަ ދަރިފުޅަށް ދިން ހަދިޔާއެއްގެ ގޮތުން އޭނާ ގޮސްފައިވަނީ ދަރިފުޅުގެ ސުކޫލަށެވެ. އަދި ސްކޫލަށް ގޮސްފައިވަނީ އޭނާގެ ދަރިފުޅަށް އެންމެ ކަމުދާ ކާޓޫން ކެރެކްޓަރގައެވެ.

މިމަންޒަރު އެކުލާހުގެ ޓީޗަރ ފޭސްބުކްގައި ލައިވްކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ މިވީޑިއޯއިން މަޔަކާއި ދަރިޔަކާއި ދެމެދު އޮންނާނެ އަދި އޮންނަން ޖެހޭ ލޯބި ރަނގަޅަށް ފެންނަ ކަމަށް ބުނަމުންނެވެ. އަދި މީގެ އިތުރުން މިވީޑިއޯއަށް ކޮމެންޓްކުރި އެހެން މީހުން ބުނެފައިވަނީ އަސްކަރިއްޔާގައި އުޅޭ ސިފައިންނަށްވެސް ދަރިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި މިހާރު އަސްކަރިއްޔާގައި އޮންނަ ޤަވާޢިދުތައް މާ ހަރުކަމަށި ކަމަށެވެ.

މިވީޑިއޯއިން ފެންނަ ގޮތުގައި އެކުއްޖާ އޭނާގެ މަންމަ ފެނުމުން ވަރަށް ބާރަށް ރޮއެ ގަނެއެވެ. އަދި މިކުއްޖާގެ މަންމަ އެވަގުތު ގޮސް އެކުއްޖާގައިގައި އޮޅުލާގަންނަ މަންޒަރުވެސް މިވީޑިއޯއިން ފެނިގެންދިޔައެވެ.