މަރުވެއްޖެކަމަށް ޑޮކްޓަރުންވެސް ނިންމާ މަރުވިކަމަށް ޑޮކްޓަރުން ސެޓްފިކެޓްވެސް ހަވާލުކުރި ފަހުން ވަޅުލި މީހަކު ދެމަސް ފަހުން އެނބުރި ގެއަށް އަތުވެއްޖެއެެވެ.

ކަޒަކިސްތާނަށް ނިސްބަތްވާ އައިގަލީ ނަމަކަށް ކިޔާ އެ މީހާ މަރުވުމުން ވަޅުލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ. އޭނާ ވަޅުލާފައި ވަނީ މުސްލިމުން ވަޅުލާ ސަހަރާގައެވެ. މަރުވެފައި ވަނީ އައިގަލީކަން ޑޮކްޓަރުންވެސް ނިންމީ އޭނާގެ ޑީއެންއޭ ޓެސްޓުވެސް ހެދުމަށް ފަހުއެވެ.

އެ ޓެސްޓުތަކުން ދައްކަނީ އަނދާފައިވާ އެ މީހާގެ ހަށިގަނޑަކީ އައިގަލީގެ ހަށިގަނޑުކަމަށެވެ. އެ ޓެސްޓުތަކުގެ 99 ޕަސެންޓް ދައްކަނީ އެއީ އައިގަލީގެ ހަށިގަނޑު ކަމަށެވެ.

އޭނާގެ ކޮއްކޮ މީޑިއާތަކަށް ބުނިގޮތުގައި، ވަޅުލިތާ ދެ މަސް ފަހުން ބޭބެ ގެއަށް އައުމުން، އޭނާގެ ދަރިފުޅަށް އެ ބޭބެ ފެނުމާއެކު ހާޓް އެޓޭކެއް ޖެހިގެން މަރުނުވީ ހަމަކިރިޔާއެވެ.

އުމުރުން 63 އަހަރުގެ އައިގަލީ މިދިޔަ ޖޫން މަހެއްގެ ހެނދުނު ދިޔަ ގޮތަށް ނާދެެއެވެ. އައިގަލީ ބުނިގޮތުގައި، އޭނާއާ މާރުކޭޓުން ދިމާވި މީހެއްގެ އެދުމުގެ މަތިން އޭނާ ދިޔައީ މަސައްކަތުއެވެ. އެހެން ސިޓީއެއްގައި އޭނާ މަސައްކަތް ކުރަމުންދިޔައިރު، އެ މަސަައްކަތް ނިންމާފައި އެނބުރި މިހާރު އެހެރީ ދިރިއުޅޭ ހިސާބަށް އައިސްފައެވެ.

މިހާރު ޔަގީންވެފައިވާ ކަމަކީ ވަޅުލާފައި ވަނީ އައިގަލީއެއް ނޫން ކަމެވެ. ޑީއެންއޭ ސާމްޕަލް ނެގުމުގައި ނުވަތަ ޓެސްޓް ކުރުމުގައި ވަނީ ބޮޑު ގޯހެއް ހަދާފައެވެ. ނުވަތަ އޮޅިގެން ނަމަވެސް އެފަދަ ގޯހެއް ހެދިފައެވެ. މިހާރު ސުވާލަކީ މަރުވެގެން ހަޤީޤަތުގައި ވަޅުލީ ކާކު ހެއްޔެވެ؟

މިކަމާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެންމެން ތިބީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮޖިކް

    އެހެންވީމަ ރީއާނު ރަޝީދު ތިހެއްދެވީ އިތުރުފުޅެއް ނޫންތޯ؟ މަރުވެގެން ވަޅުލި މީހަކު އެނބުރި ގެއަކަށް ނާދޭ ނޫންތޯ؟ މަރުވީމަ އެނބުރި ނާންނާނެކަން މުސްލިމް ކުޑަ ކުއްޖާއަށްވެސް އެނގޭނެ.