ނޯވޭގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ލޯންގްއިއާބާން އަވަށަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލް އަވަށެކެވެ. ދެހާހެއްހާ މީހުން ދިރިއުޅޭ މިއަވަށަށް ކޮންމެ އަހަރަކު ވެސް ލައްކަ އަކާއި ގާތް ކުރާ އަދަދެއްގެ މިހުން ޒިއާރަތް ކުރެއެވެ. ދިގު ތާރީޚެއް އޮތް ރީތި ސަރަހައްދެއް ވަށައިގެން ހިމެނޭ އަވަށް މިހާރު މަޝްހޫރު ވަމުން އަންނަނީ އެއަވަށުގެ ރީތި ކަމަކުން ނޫނެވެ.

މިހާރު އެއަވަށް މަޝްހޫރު ވަމުން އަންނަނީ އެއީ މީހުން މަރުވުން މަނާ ކޮށްފައި އޮންނަ އަވަށެއް ކަމަށް ބުނެއެވެ. އެއްވެސް މީހަކު އެއަވަށުގައި މަރުވުމަކީ މަނާ ކަމެއް ކަމަށް ޤާނޫނެއް ފާސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

މިއީ މީހަކު ކޮށްލާ އެންމެ އީމެއިލް އަކުން ވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނެވިދާނެ ކަމެކެވެ. ލޯންގްއިއާބާން އަވަށަށް ވެސް ދިމާވީ އެހެންނެވެ. އެއަވަށުގައި މީހުން މަރުވުން މަނާކޮށް ޤާނޫނެއް ފާސްކޮށްފި ކަމަށް ބުނެ މީހަކު ކުރި އީމެއިލް އެއް މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދީއެވެ.

ލޯންގްއިއާބާންގައި މީހުން މަރުވުން މަނާކޮށް އެއްވެސް ޤާނޫނެއް ޤަވައިދެއް ފާސްކޮށްފަައެއް ނުވެއެވެ. އެއަވަށުގެ އޮފިޝަލަކު ބުނީ އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ވެސް ނޫން ކަމަށެވެ.

"މީހަކު އެޤާނޫނާއި ހިލާފަށް އަވަށުގައި މަރުވެއްޖެނަމަ އޭނާ އަށް އަދަބު ދޭނީ ކިހިނެއް؟ އެހެންވީމާ މިއީ އަމަލު ނުކުރެވޭނެ ޤާނޫނެއްކަން ވިސްނާލުމުން ވެސް އެނގެއެއްނު." އޮފިޝަލް ބުންޏެވެ.

ލޯންގްއިއާބާންގައި މީހުން މަރުވުން މަނާކަށް ބުނެ ރިޕޯޓް ކޮށްފައިވާ އެއް ސަބަބަކީ އެއަވަށުގެ ސިއްހީ ނިޒާމް މާރަނގަޅު ނުވުމުން އަވަށުގެ ހޮސްޕިޓަލަށް ގެންދާ މީހުން އެހެން ހޮސްޕިޓަލަކަށް އަވަހަށް ބަދަލު ކުރާތީއެވެ. އެހެންކަމުން ހާލު ދެރަ މީހުން ވެސް އެއަވަށުގައި މަރުވުމުގެ ފުރުސަތު ކުޑައެވެ.

ލޯންގްއިއާބާންގައި މީހުން މަރުވުން މަނާކަމަށް ބުނެ ޚަބަރު ފެތުރެން ފެށުމުން އެއަވަށަށް ލިބިފައިވާ ސަމާލުކަން ވަނީ އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޔާގުންޑަ

  އަހަރެމެން އަވަށުގަވެސް މަނާ ތޯއްޗެތް

 2. ފަރަހަ

  އެއީ އިލާހީ ޤާނޫނެއް މާކުރިން ﷲ ތަޢާލާ އަމިއްލައަށް މަރުވުން ވަނީ ޙަރާމް ކުރައްވާފައި، ޚަބަރު ނިމްމާލަމުން އެއޮތީ އަސްލު އެކަންވާގޮތް ކިޔާދީފައި މިމާލޭގަވެސް އޭ.ޑީ.ކޭ ހޮސްޕިޓަލްގައި މީހުން މަރުވުން މަނާ!!! އެއީ މަރުވަން އުޅޭހެން ހީވާއިރަށް ކޮމްމެވެސް ސަބަބަކާހުރެ އައި.ޖީ،އެމް.އެޗަށް ބަލިމީހާ ބަދަލުކުރާނެ.

 3. ބުއްޅަަަަަަަަަަަަަަަބޭޭ

  ޓެރެރިސްޓުންގެ 500 ވަރަކަށް މީހުން ރާއްޖޭގައި އުޅޭކަމަށް ބުނެ މީޑިޔާއަށް ޚަބަރުފެތުރިމީހާވެސް ފަހުން ވީ ބަތަލަކަށް މިރާއްޖޭގައި!

 4. ނުރަބޯ

  އެއީ އަމިއްލައަށް “މަރުވުން މަނާ” ވާހަކަ ތޯއްޗެ.