އިންޑިއާގެ ފިލްމް އިންޑަސްޓްރީ އަދި މޮޑެލިންގގެ ދާއިރާގައި ފިޔަޖަހަމުން އަންނަ އުރްވަޝީ ނައުޓެއްލާއަށް މުޅި ދުނިޔޭގައި ހުރި އެންމެ ރީތި ޒުވާން އަންހެނާގެ މި އަހަރުގެ އެވޯޑް ލިބިއްޖެއެވެ.

އުރްވަޝިއަކީ 2015 ވަނަ އަހަރު އިންޑިއާގެ އެންމެ ރީތި އަންހެނާގެ އެވޯޑް އަތުލި ތަރިއެކެވެ. އަދި ހަމަ އެ އަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާ ހޮވާ މުބާރާތުގައިވެސް ބައިވެރިވިއެވެ. އޭނާ ކުރަމުން އަންނަ މޮޑެލިންގގެ މަސައްކަތްތައް މުޅި ދުނިޔެ ބަލައިގަންނަމުން އެބަދެއެވެ. އޭނާގެ ޕާފޯމެންސްތައް ވެސް އަހަރުން އަހަރަށް ދަނީ ރަނގަޅުވަމުންނެެވެ.

އޭނާއަށް މި އެވޯޑް ދީފައި ވަނީ، އަންޑަމޭން އަދި ނިކޮރްބާ އައިލޭންޑްގެ ސަރުކާރުންނެވެ.

މިހާތަނަށް އިންޑިއާގެ ނުވަ ފިލްމަކުން ފެނިގެންދިޔަ އުރްވަޝީ ވަނީ އޭނާއަށް ލިބުނު އެވޯޑާއި، ގުޅޭގޮތުން މީސް މިީޑިއާގައި ހިތުގެ އުދާސްތައް ބޭރުކޮށްފައެވެ.

އޭނާ ބުނީ، މިއީ މިފަދަ އެވޯޑެއް އިންޑިއާ މީހަކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ އެވޯޑް އޭނާއަށް ލިބުނީތީ ވަރަށް އުފާވާކަމަށްވެސް ބުންޏެވެ. އަދި ކުރިއަށް ހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް އުފާވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙައި

    ރީތި ކަމަކީ އަބަދަށް ދެމިގެން ދާނެ އެއްޗެއް ނޫން.. ކޮންމެ މީހަކުވެސް މުސްކުޅި ވީމަ އެކަމެއް ނޯންނާނެ.

  2. ކިޔުންތެރިޔާ

    އުރުވަޝީއަށް ވުރެ ކައިޒީން މާރީތި.