އެޕަލްއިން ކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ނެރުނު އައިފޯން އެކްސްގެ ބައެއް ފޯންތަކުގައި ޓަޗް ކުރުމުގެ ބައެއް މައްސަލަ ހުރިކަމަށް އެއްބަސްވެ، އެ ފޯންތައް ހިލޭ މަރާމާތުކޮށްދޭނެ ކަމަށް އެޕަލްއިން ބުނެފިއެވެ.

އެޕަލްއިން ބުނެފައިވަނީ އެޕަލްއިން 2017 ޖޫންއިން 2018 ޖޫން އާއި ދެެމެދު ނެރުނު އައިފޯން ތަކުގައި މައްސަލަތަކެއް ހުރި ކަމަށް އެޕަލްއިން ކުރި ތަޙްޤީޤްއަކުން ހާމަވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފޯން ގަތް ފަރާތްތަކަށް އަގަކާއި ނުލާ ފޯން މަރާމާތްކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އެޕަލްއިން ބުނެފައިވެއެވެ.

އެޕަލްއިން ނެރުނު އައިފޯން އެކްސް އަށް ދިމާވެފައިވަނީ ޓަޗްއަށް ދިމާވެފައިވާ މައްސަލައެކެވެ. މީގެ އިތުރުން މިމުއްދަތުގައި ނެރެފައިވާ މެކް ބުކްގައި ވެސް މައްސަލަ ދިމާވެފައިވާ ކަމަށް ބައެއް ޓެކް ސައިޓްތަކުން ރިޕޯޓް ކުރެއެވެ. ޓެކް ސައިޓް ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ލެޕްޓޮޕްތަކަށް ދިމާވެފައިވަނީ ސްޓޯރޭޖްއަށް ދިމާވެފައިވާ މައްސަލައެކެވެ.

އެޕަލްއިން އައިފޯން އެކްސް ރިލީސް ކުރި ފަހުން މިއަހަރުވަނީ އިތުުރު 3 ފޯނެއް ބާޒާރަށް ނެރެފައެވެ. އެއީ އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އަދި އައިފޯން އެކްސް އާރއެވެ.

މިއަހަރު ނެރުނު އެޕަލްގެ އުފެއްދުންތަކުގެ ޓަޗްގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާއިރު މިދިޔަ އަހަރު ނެރުނު އެޕަލްގެ ބައެއް އުފެއްދުންތަކުގެ ބެޓެރިއަށް މައްސަލަތަކެއް ދިމާވެގެން ބެޓެރިތައް އެޕަލް އިން ވަނީ ހިލޭ ބަދަލު ކޮށްދީފައެވެ. އަދި މިދިޔަ އަހަރު ޖޫން މަހު އެޕަލްގެ މެކްބްކާއި މެކްބްކް ޕްރޯގެ ކީބޯޑްތަކުގައި މައްސަލަތަކެއް ހުރެގެން ކީބޯޑްތައް ވެސް ބަދަލު ކޮށްފައި ވެއެވެ.

މިއަހަރު އެޕަލްގެ އުފެއްދުންތައް ނެރެފައި ވަނީ ގިނަ ބަދަލުތަކަކާއި އެކުގައެވެ. ނަމަވެސް އެބަދަލުތަކަކީ ވާދަވެރިންނާއި ފައިހަމަކުރަން އެންމެ އެކަށީގެންވާ ބަދަލުތަކެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު