ޕީނަޓް ބަޓާރ އަކީ އެންމެންގެ މެދުގައިވެސް ވަރަށް މަގުބޫލު ކާ އެއްޗެކެވެ. ބިސްކޯދާއިއެކު ނުވަތަ ޕާނާއިއެކުގައިވެސް ޕީނަޓް ބަޓާރ އަކީ ގިނަ ބަޔަކު ކެއުމަށް ވަރަށް ލޯބި ކުރާ އެއްޗެކެވެ. ޕީނަޓް ބަޓާރ ކެއުމަށް ވަކި ގަޑިއެއް ދުވަހެއް ނޯންނައިރު މިއީ ލުއި ކަނާއެއްގެ ގޮތުން އަދި ބަނޑުފުރާލުމަށް ކާ އެއްޗެއްގެ ގޮތުންވެސް ރަނގަޅު ކާ އެއްޗެކެވެ.

ޕީނަޓް ބަޓާރއިން ލިބޭ ފައިދާތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕީނަޓް ބަޓާރގެ ސަބަބުން މީހާ މަރުވުމުގެ ފުރުސަތު ދަށްކޮށްދޭކަމަށް 2015 ވަނަ އަހަރު ވެންޑާރބިލްޓް ޔުނިވާރސިޓީއިން ކުރި ދިރާސާއަކުން ދައްކުވައިދިން ދިނުމެވެ. ޕީނަޓް ބަޓާރގެ އެންމެ މުހިންމު މާއްދާއަކީ ކޮބައިތޯއެވެ؟ ޕީނަޓްސް ނުވަތަ ނަޓްސްއެވެ. މި ދިރާސާއިން ވަނީ ކޮންމެ ދުވަހަކުވެސް ނަޓްސް ކެއުމުގައި ހިމެނުމުން މީހާ އަށް ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ދަށްކޮށްދޭކަމަށް ދައްކުވައިދީފައެވެ.

ޑައިބިޓީޒް ފަދަ ބަލިތަކުންވެސް ޕީނަޓް ބަޓާރގެ ސަބަބުން މީހާ ރައްކާތެރިކޮށްދޭއިރު ޕީނަޓް ބަޓާރއަކީ ކޮންމެ ވަގުތެއްގައިވެސް ސޭންޑްވިޗެއްގެ ގޮތުގައި ކައިފިނަމަ ފަސޭހައިން ގިނަ ވަގުތުތަކެއް ވަންދެން ބަނޑުފުރާލައިދޭ އެއްޗެކެވެ. ބަރުދަން ލުއިކޮށްދޭ ބައެއް ބާވަތުގެ ޕީނަޓް ބަޓާރ ހުންނަ އިރު އެއީ ހަށިގަނޑުގައި އަވަސްގޮތެއްގައި ވަރުޖައްސައިދޭ އެއްޗެއްވެސްމެއެވެ.

ޕީނަޓް ބަޓާރ އަކީ މިގޮތުން ކަސްރަތު ކުރާ މީހުންގެ މެދުގައި އާންމުކޮށް އަމިއްލައަށް އުފައްދައިގެން ބޭނުންކުރެވޭ އެކި ކަހަލަ ބުއިންތަކުގައިވެސް ބޭނުންކުރެވޭ އެއްޗެކެވެ. މި ހުރިހާ ކަމެއްގެ އިތުރުން ޕީނަޓް ބަޓާރ އަކީ އޭގެން މީހާގެ ސިކުނޑިވެސް ތަނަވަސްކޮށްދޭ އެއްޗެއްކަމުގައި ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއލ

    މަރުވުމަކީ ﷲ އެންގެވުމަށް ވާކަމެއް

  2. ނަން

    މަރުވުމުގެ ފުރުސަތު ދަށްކުރެވޭނެ އެއްގޮތެއްވެސް ނޯންނާނެ. އެނޫނީ ޔަގީން އެހެންކަމެއް ނެތް. މުރުތައްދު ވާކަހަލަ އެއްޗެހި ނުލޔެބަލަ.

  3. ޕީޕަލްސް

    އަޙްމަދުﷲ... އެހަށް ކަލޭގެ ނަމުގެ މާނަ ދަސްކުރޭ... އޭރުން އެގޭން މަރުވުމުން ދުރު ނުވާނެކަން