ސަޕްރައިޒް ދިނުމަކީ އަންހެނުން ވަަރަށް ގަޔާވާނެ ކަމެކެވެ. އަބަދުވެސް ސަޕްރައިޒް ދިނުމުގައި އުޅޭ މީހުންވެސް އުޅެއެވެ. މިއީވެސް އަނބިމީހާއަށް ސަޕްރައިޒެއް ދިން މީހެކެވެ. އޭނާގެ ސަޕްރައިޒްވެސް ވަރަށް ތަފާތެވެ.

ޑރ އެލަައިސް ސްޕިންޓާ ނަމަކަށް ކިޔާ އެ ޑޮކްޓާރު ހީކުރީ އެހެން ދުވަސްތަކޭ އެއްފަދައިން އޭނާ ގާތަށް ބަލިމީހަކު ދައްކަން އައީ ކަމަށެވެ. އެހެން ނަަމަވެސް އޭނާ ގާތަށް އައި އެ މިހާ ފެނިފައި ކުއްލިއަކަށް ބިންމައްޗަށް ނުވެއްޓުނީ ހަމަކިރިޔާއެވެ.

"އަހަންނަށް ފިރިމީހާ ފެނުމުން ބޮޑު ހައިރާންކަމެއް ލިބުނު. އަހަރެންގެ ފައިން ވާގިދާހެންވެސް ހީވި، އަހަރެން ވަރަށް އުފާވެސްވި. އަދި އަހަރެންގެ ގޮސް ފިރިމީހާގެ ގައިގާ ބައްދާވެސްލިން". އެލައިސް ބުންޏެވެ.

ޖޯޝުހާ ސްޕްލިންޓާ ނަމަކަށް ކިޔާ އެ ފިރިހެން މީހާއަކީ އަސްކަރީ ސިފައިންގެ ފިޒީޝަނެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ އެފްރިކާގައި ހުންނަ ޕޯޓްގައެވެ. އެތަނުގައި އޭނާ މަސައްކަތް ކުރަމުންދިޔައިރު، އަނބިމީހާ އެހެން ޓައުންއަކަށް ބަދަލު ރެޒިޑެންސީގެ ހުރިހާކަމެއް ވަނީ ނިންމާލާފައެވެ.

ޖޯޝުހާ ބުނިގޮތުގައި، އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް ހީކުރި ވަރަށް ވުރެ އަވަހަށް ޗުއްޓީ ލިބޭކަން އެނގުނެވެ. އެހެންވެ ބޭނުންވީ އަނބިމީހާއަށް ނާންގާށެވެ. ސަޕްރައިޒެއް ދިނުމަށެވެ.

އެހެންވެ އަނބިމީހާއަށް ޝައްކުނުވާނެހެން ރަހުމަތްތެރިއެއްގެ އެހީގައި މޮޅު ޕްލޭނެއް ރޭވިއެވެ. އެލައިސް މަސައްކަތް ކުރާ ތަނަށް ގޮސް އޭނާއަށް ސަޕްރައިޒެއް ދިނުމަށެވެ،

އޭނާ އަނބިމީހާއަށް ގުޅާ ބުނީ، އެއީ ނިދާގަޑި ކަމަށެވެ. އަދި މިހާރު ނިދަން ވެއްޖެ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އޭނާ އެއިރު ހުރީ އެލައިސް މަސައްކަތް ކުރާ ތަނުގައެވެ.

އެލައިސް ބުނިގޮތުގައި، ފިރިމީހާ ގެއަށް އައުމުން ވަރަށް އުފާވެއެވެ. އަދި އެއީ ވަރަށް ރަނގަޅު ސަޕްރައިޒެއްކަމަށްވެސް ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު