ކެލިފޯނިއާގެ ޔޮސްމިޓެ ޕާކުގެ ޓްފް ޕޮއިންޓްގައި ނަގާފައިވާ ފޮޓޯއިން ފެންނަ ދެމީހުން ހޯދުމުގެ މަސައްކަތް ފެށީ އެ މީހުންގެ ފޮޓޯ ނަގާދިން މެތިއު ޑިއްޕެލްއެވެ. އެ މަސައްކަތް އޭނާއަށް ކާބިޔާބުވެއްޖެއެވެ.

އެ ފޮޓޯގައިވާ ދެ ލޯބިވެރިންނަކީ ކޮންބައެއްކަން ހޯދުމަށް މީސް މީޑިއާގައި އޭނާ ހިއްސާކުރި ފޮޓޯތައް އެތައް ހާސް ބަޔަކު ޝެއާ ކުރިއެވެ. އަދި އެ ފޮޓޯގައިވާ ދެ މީހުންނަށް ވާން ވެގެން މަސައްކަތް ކުރި މީހުންވެސް މަދެއް ނޫނެވެ.

ނަމަވެސް މިފަހަރު ޔަގީނުންވެސް އެ ދެ ލޯބިވެރިން ހޯދިއްޖެއެވެ. އަދި އެ ދެ ލޯބިވެރިން ދެއްކި ވާހަކަތަކާއި ހުރިހާ އެއްޗެއް ދިމާވެއެވެ.

އެ ފޮޓޯއިން ފެންނަނީ ފިރިހެން މީހާ އަންހެން މީހާ ކައިރިން އިންނަން އަހާ މަންޒަރެވެ. އެ މަންޒަރު ޑިޕެލްގެ ކެމެރާއަށް ނެގިފައިވާއިރު، އެ ފޮޓޯ އެ މީހުންނަށް ދިނުމަށް ޑިޕެލް އެ ދުވަހުވެސް މަސައްކަތް ކުރިއެވެ. އަދި އެތަނަށް ގޮސް އެ މީހުން ފެނޭތޯ ވަރަށް ހޯދިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުުވުމުން އޭނާ އެ ފޮޓޯ މީސް މީޑިއާއަށް ލީއެވެ.

އެންމެ ފަހުން އޭނާގެ އެ ފޮޓޯގެ ވެރި ފަރާތް ހޯދިއްޖެއެވެ. އެކަން މިދިޔަ ހޮނިހިރު ދުވަހު އޭނާ މީސް މީޑިއަގައި ހިއްސާކުރިއެވެ.

އެ ފޮޓޯގައިވާ ދެ މީހުންނަކީ ޗާލީ އާއި މެލިސާއެވެ. އެއީ ޓެފް ޕޮއިންޓްގައި އޭނާ ނެގި ފޮޓޯގައިވާ ދެ މީހުންނަކީ މިއީކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ދެ ލޯބިވެރިންނާއި ދިމާވުމުން ވަރަށް އުފާވެއްޖެ ކަމަށާއި، އުއްމީދު ކުރަނީ ދެ މީހުންނާއިވެސް ބައްދަލުވެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޗާލީ ބުނިގޮތުގައި، ޑިއްޕެލްގެ އެ ފޮޓޯ އިންސްޓަގްރާމްއިން ފެނިގެން ޑިއްޕެލްއާ ކޮންޓެކްޓް ކުރުމުގައި އުޅުނީ މެލިސާއެވެ. އަދި އެއީ މި ދެ ލޯބިވެރިންކަން ކަށަވަރު ކުރުމަށް ޑިއްޕެލްއަށް އެ ޓެފް ޕޮއިންޓްގައި ނަގާފައިވާ ފޮޓޯތަކުގެ ސްކްރީން ޝޮޓްތައް ޑިއްޕެލްއަށް ފޮނުވިއެވެ. އަދި އެ މީހުން އެތަނުގައި ތިބި ވަގުތާއި، އަދި އަޅައިގެން ހުރި ހެދުމާއި ހުރިހާ އެއްޗެއް ވަނީ ދިމާވެފައެވެ.

އެހެންކަމުން އެ ލޯބިވެރިން ހޯދަން ޑިއްޕެލް ކުރި މަސައްކަތް މި ވަނީ ކާމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު