ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑުގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުޝްމިތާ ސެން އުޅެނީ ލޯބީގެ ގޮތުން މީހަކާ ގުޅިގެންކަން ހާމަކޮށްފިއެވެ. އޭނާ، ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭކަން ކަށަވަރުކޮށްދީފައިވަނީ އެފަފަ ވާހަކަތަކެއް މީޑިޔާގައި ފެތުރެމުންދާ ދުވަސްތަކެއް ފަހުންނެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސުޝްމިތާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން އެންމެ 27 އަހަރުގެ މޮޑެލް އެއްކަމުގައިވާ ރޯމިލް ޝޯލް އާއެވެ. ރޯމިލް އަކީ އުމުރުގެ ގޮތުން ބަލާއިރު ސުޝްމިތާއާ 15 އަހަރު ހަގު މީހެކެވެ. ސުޝްމިތާގެ އުމުރުން 42 އަހަރެވެ.

ސުޝްމިތާ އާއި ރޯހިލް އަދި ސުޝްމިތާގެ ދަރިން

އެހެން ފަންނާނުން، އެމީހުންގެ ލޯބީގެ ވާހަކަތައް ދެމީހުން އެކުގައި މީޑިޔާ އަށް ހިއްސާކޮށް ކަށަވަރުކޮށްދިންކަމުގައިވިޔަސް، ސުޝްމިތާގެ ގުޅުމުގެ ވާހަކަ އޭނާ މީޑިޔާ އަށް ހާމަކޮށްފައިވަނީ އެކަންޏެވެ. އެކަނި، ވީޑިޔޯއެއްގެ ޒަރީއާއިން އެވާހަކަތައް ހިއްސާކޮށްފައިވާއިރު މި ވީޑިޔޯ ނަގާފައިވަނީ ޖިމް އެއްގެ ތެރޭގައި ކަސްރަތުކުރަމުންނެވެ.

"ބޮލީވުޑް ލައިފް" ނޫހުން ބުނެފައިވާ ގޮތުގައި މި ދެ ފަންނާނުން އެކަކު އަނެކަކާ ދިމާވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ފެޝަން ޝޯވ އެއްގެ ތެރެއިންނެވެ. އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ދެ ފަންނާނުން ކައިވެނި ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އަދި، ކައިވެނީގެ ބައެއް ކަންކަން މިހާރުވެސް ރާވަމުންދާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން، ސުޝްމިތާ ވަނީ ރޯމިލްއާއެކު ނަގާފައިވާ ބައެއް ފޮޓޯތައްވެސް ހާމަކޮށްފައެވެ. އެގޮތުން، އެއް ފޮޓޯގައި ސުޝްމިތާ އާއި ރޯމިލްގެ އިތުރުން ސުޝްމިތާގެ ބޮޑު ދެ އަންހެން ދަރިންވެސް ފެނެއެވެ.

އުމުރުން ދޮށީ އަންހެނުން، އުމުރުން ހަގު ފިރިހެނުންނާ ކައިވެނި ކުރުމަކީ ފިލްމީ ދާއިރާގައި އައު ކަމެއް ނޫނެވެ. އެގޮތުން، ޕްރިޔަންކާ ޗޯޕްރާ އަކީ އޭނާ ކައިވެނި ކުރަން އުޅޭ ނިކް ޖޮނާސް އަށްވުރެ އުމުރުގެ ގޮތުން މާ ދޮށީ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޫުއުމުރު

    މައްސަލަ އެއް ނެތެއްނޫންތޯ؟

  2. ރޯމިލް

    މަގޭ ބިޓް މުސްކުޅިވީމަ އަހަރެން މައްސަލަނެތީ. ކަލޭ ކޮންވައްތަރު ވާހަކަދައްކަނީ. ކަލޭ ދެރަވްނީދޯ.

  3. ސަލީމް

    ބަލަ މަހީކުރީ ސޭޓްގެ އަންހެނުންގެ ފިރިމީހާއާ ކަމަށް ސޝްމިތާ ރައްޓެހިވެގެން އުޅެނީ. އެހެންވިއްޔާ ޝުސް ވެސް އެހެންމީހު ްހަދާހެން ބޮނޑިއެެއްދިނީ ދޯ.