ބޮލީވުޑުގެ އެކްޓަރުންނަށް ބަލާއިރު ރަންވީރު ސިންގަކީ މިހާރު އަރަމުން އަންނަ ކުޅަދާނަ އެކްޓަރެކެވެ. ޑައިރެކްޓަރުން ބޭނުންވާ ކޮންމެ ބާވަތެއްގެ ރޯލެއްވެސް، ފަސޭހަކާއެކީ ކުޅެލާ ރަންވީރަކީ، މި ސަބަބުތަކަށްޓަކައި، ޑައިރެކްޓަރުންގެ ތަރިއެއްވެސްމެއެވެ. ދާއިރާގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުންނާއެކު މަސައްކަތް ކޮށްފައިވުން، މިކަމުގެ ހެއްކަކަށް ފުދެއެވެ.

މިހާރުވެސް ރަންވީރުގެ "ގުލީ ބޯއީ" ބެލުންތެރިންނާ ހަމައަށް އައުމަށް ތައްޔާރުވަމުންދާއިރު، އޭނާގެ އެހެން ފިލްމެއްވެސް މިވަނީ އަނެއްކާ ލޯންޗުކޮށްފައެވެ. މިފަހަރު ޑައިރެކްޓަރު ރޯހިތު ޝެޓީއާއެކު އޭނާ ފެނިގެންދާނީ "ސިމްބާ" އިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމްބާގައި ރަންވީރު ފެނިގެންދާނީ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. އެހެންނަމަވެސް، ފިލްމުގެ އިތުރު އެހެން މައުލޫމާތެއް އަދި މީޑިޔާއަށް އާއްމުކޮށްފައެއް ނުވެއެވެ.

ގުލީ ބޯއީގައިވެސް ރަންވީރު ތަފާތު ރޯލަކުން ފެނިގެންދާއިރު، އެފިލްމު ބިނާކޮށްފައިވަނީ މުމްބާއީގެ ރެޕް ލަވަކިޔުންތެރިންނަށެވެ. އެފިލްމުގެ އަންހެން ލީޑެއްގެ ގޮތުގައި ފެންނާނީ އާލިޔާ ބަޓް އެވެ.

ކިޔުންތެރިންގެ ހިޔާލު