އެންޖޭޖްވެގެން އުޅުނު ލޯބިވެރިޔާ އާއި ގުޅުން ކަނޑާލަން އެންގި މައްސަލާގައި އެސިޑް ބޮއިގެން މީހެއްގެ ފުރާނަ ނުރައްކަލުގެ ތެރެެއަށް ވެއްޓިއްޖެއެވެ.

ކެމްބޯޑިއާގެ ކެމްޕޮންގ ތޮމް ޕްރޮވިންސްގައި މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ފިރިހެން މީހާ އެސިޑް ބުއިމަށްފަހު، ލޯބިވެރިޔާގެ ގެއަށް ގޮސް، ލޯބިވެރިޔާގެ ގަޔަށްވެސް ވަނީ އެސިޑް ޖަހާފައެވެ.

ވިއަސަނާ އާއި ސޮފަލް ނަމަކަށް ކިޔާ މި ދެމަފިރިން އެންގޭޖްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ ގުޅުން ކަނޑާލުމަށްފަހު ސޮފަލްގެ މައިންބަަފައިން އެދުނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި ދެމީހުން އެކަކު އަނެކަކާއި ބައްދަލު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެހެންވެ އެކަމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ހާއިރު ސޮފެލްގެ ގެއަށް ވިއަސަނާ އައިސް އެސިޑް ބުއިމަށްފަހު، ސޮފެލްގެ ގަޔަށް ވަނީ އެސިޑް ޖަހާފައެވެ. އަދި އެތަަނަށް ވިއަސަނާވެސް ވަނީ ވެއްޓިފައެވެ.

ވަގުތުން މި ދެ މީހުންވެސް ހޮސްޕިޓަލަށް ގެންދިޔައިރު، ވިއަސަނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ޑޮކްޓަރުން ކުރަމުން އަންނައިރު، ސޮފެލްގެ ހާލު ރަނގަޅުކަމަށް ވެއެވެ. ނަމަވެސް ސޮފެލް އަދިވެސް ލޯ ނުހުޅުވައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ވިއަސަނާގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު