މުހިއްމު ރޯލަކުން އާމިރު ޚާން ފެނިގެންދާ "ސީކްރެޓް ސުޕަރސްޓަރ"، ވިޔަފާރީގެ ގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދައިފިއެވެ. މި ފިލްމުވަނީ ދުނިޔޭގެ ގަދަ ފަހަކުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މި ވަރުގަދަ ރިކޯޑުތަކާއެކު، އާމިރު ޚާނަށްވެސް ރިކޯޑުތަކެއް ހެދިފައިވާއިރު، މި ލިސްޓުގައި އޭނާގެ "ޑަންގަލް" އާއި "ޕީކޭ" ވެސް ހިމެނެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު "މިޑް ޑޭ" ނޫހުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމުތަކުގެ ތެރޭގައި އާމިރުގެ ގިނަ ފިލްމުތަކެއް ހިމެނުމުގެ ސިއްރަކީ، އެންމެ އާބާދީ ބޮޑު ޗައިނާގައި އޭނާއަށް އޮތް ތާއީދެވެ.

ޗައިނާގެ އައިއެމްޑީބީ ބުނާގޮތުގައި އެޤައުމުގައި އެންމެ މަޝްހޫރު ބިދޭސީ ފިލްމް އެކްޓަރަކީ އާމިރު ޚާނެވެ. އަދި، އެންމެ މަޝްހޫރު ބިދޭސީ ފިލްމަކީ "ޑަންގަލް" އެވެ.

ސީކްރެޓް ސުޕަރސްޓަރ އަކީ ލަވަކިޔުންތެރިއަކަށް ވުމަށް އެދޭ ކުޑަ އަންހެން ކުއްޖަކަށް ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު