އަދި އޭގެ އިރުކޮޅެއް ފަހުން ދައްްތަ އަހަންނަށް ގުޅިއެވެ. ދޮންކަލޯ ކިހިނެެއްވީ މާ ދަންކޮށްލާފައި ތި ގުޅީ...... ކަމަކުތަ؟ ދައްތަ އޮތީ ނިދިފައި. ވަރަށް ވަރުބަލިވެގެން ނިދުނީ.....

ފުރަތަމަވެސް ދައްތަ އެހެދީ ދޮގުކަން އަހަންނަށް އެނގުނެވެ. އަދި ވަރަށް ދެރަވިއެވެ. އެހެން ދައްތަ ބުނުމުން އަހަރެން ފޯން ކަނޑާލީމެވެ. އަދި ގެއަށް ދާން ހިނގައިގަތީމެވެ.

އަހަންނަށް ހީވާގޮތުން މިކަމުގައި ދައްތަގެ އަތެއް އެބަވެއެވެ. އެއީ މުޅި އާއިލާ ގުޅިގެން ކުރާކަމެއް ކަންވެސް ބައެއް ފަހަރު ހީވެއެވެ. އެހެންވެ އިތުރަށް އެކަމާއި ނުބެހެންވެސް ނިންމީމެވެ. އެ އާއިލާ އިން ކުރާ ކަންކަމުގެ ތެރެއަށް ވަންނަން އަހަރެން ބޭނުން ނުވަނީއެވެ. ނަމަވެސް އެ މީހުން އެ ކުރަނީވެސް ކުށެކެވެ. ބޮޑު ފާފައެކެވެ. އެފަދަ ފާފަތަކަށް އަރާ މީހުންނަށް ރަނގަޅު މަގު ދައްކައި ދިނުމަކީ އަހަރެމެން އެންމެންގެ ޒިންމާއެކެވެ.

އަހަރެން ގެއަށް ގޮސް، އިތުރަށް އެރޭ ވީ ކަންތަކާއި ވިސްނާލީމެވެ. އަދި އަހަރެން ދެން ހަނދަންވީ ގޮތާއި މެދުވެސް ވިސްނާލީމެވެ. އަނެއް ދުވަހުގެ ހެނދުނަށް އިރުއެރީ އަހަރެން އެ ހިޔާލުތަކުގައި އޮއްވާއެވެ. ރޭ އެއްގޮތަކަށްވެސް ނުނިދެއެވެ. އެކިއެކި ކަންކަމާއި ވިސްނެނީއެވެ. އަހަރެން އެންމެ ހަތް ދުވަހު ހުރި ގެއެއްގެ ތެރޭގައި ދިމާވި ކަންތައްތަކުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން މުޅިން ހިމޭންވެއްޖެއެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ.

އަހަރެން ފެންވަރާލައިގެން ދައްތަ ގެއަށް ދިޔައީމެވެ. އަދި އެގޭގެ ދޮރު ކައިރީ ހުރެގެން ސަލާންގޮވާލީމެވެ.

އަހަރެންގެ ސަލާން ބަލައިގަތީ ޒާޔާއެެވެ.

ޒާޔާއަށް އަހަރެން ފެނުމުން ކުއްލިއަކަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ޒާޔާގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތާމަވެރި ކަމެވެ. އަހަރެން މަޑުމަޑުން ގޮސް ތިހިރީ ކިހިނެއްވެފައި ތޯ ސުވާލުުކުރީމެވެ. ޒާޔާ ކަމެއް ނުވެޔޭ ބުނުމަށްފަހު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

އަދި ދައްތަ ކައިރީ އަހަރެން ހުރި ވާހަކަ ބުނި އަޑު އެހީމެވެ. ދައްތައާއެކު ދެ ކުދިންވެސް ނުކުތެވެ. އަހަރެން ފެނުމާއެކު އެ ކުދިން އައިސް އަހަރެންގެ ގައިގާ އޮޅުލައިގަތެވެ. އަދި ބޭބޭއޭ ކިޔާފައި ގޮވާލިއެވެ.

ދައްތަވެސް ކައިރިއަށް އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ކޮން ދަތުރެއްތޯވެސް ސުވާލުކުރިއެވެ.

މި ހަމަ ޖައްސާލީ..... އަހަރެން ބުނީމެވެ.

އަހަރެން ދައްތަ ކައިރިން ބޭބެ ކޮބައިތޯ ސުވާލުކުރީމެވެ. ދައްތަ ބުނިގޮތުގައި،މިހާރު ބޭބެ ހުރީ އެރަށް ކައިރީ ރަށަކަށް ގޮހެވެ. އަދި އެނބުރި އަންނާނެ ދުވަހެއް ނޭގޭކަމަށްވެސް ދައްތަ ބުންޏެވެ.

އެގޭގެތެރެ ވަރަށް ހިމޭނެެއެވެ. އަބަދު އަހަރެން ކައިރީ ހުންނަ ޒާޔާ އަހަރެން ފެންނަ ހިސާބަށްވެސް ނާދެއެވެ. އަދި ދައްތަ ކައިރިން ޒާޔާއަށް ކިހިނެއްވީތޯ ސުވާލުކުރީމެވެ. ދައްތަ ބުނިގޮތުގައި، ބައްޕަ ހުރީ އޭނާއަށް ވަރަށް އަނިޔާކޮށްފައެެވެ. ސީދާ ކީއްވެކަން އޭނާއަށްވެސް ނޭގޭކަމަށް ބުންޏެވެ.

"އަހަރެމެންނަށް މިފަދަ އަނިޔާ ލިބޭ އަބަދުވެސް، މިއީ އަހަރެމެންގެ ހާލު". އޭނާ ބުންޏެވެ.

ނޫން... ތިއީ ދޮގު.... ކުއްލިއަކަަށް ކޮޓަރިން ނުކުތް ޒާޔާ ބުންޏެވެ....

"ތިއީ އަހަރެންގެ މަންމައޭ ބުނަންވެސް އަހަރެން ލަދު ގަނޭ...... އަހަރެންގެ އަސްލު މަންމައަކީވެސް ތިއީތަ<. އަަހަންނަށް އަނިޔާދެނީ ހަމައެކަނި ބައްޕައެއް ނޫން. މަންމަވެސް އަހަންނަށް އަނިޔާދޭ، ކީއްވެ ހުރިހާ ކަމެއް ބައްޕަ ބޮލަށް ޖަހަނީ. މިރަށުގެ ތިބި ބިދޭސީންނަށާއި، ޕާޓޭންނަށް އަހަރެން ވިއްކާލަނީ މަންމައެއް ނޫންތަ؟. އޭގެން ލިބޭ ފައިސާތައް ބައްޕަައަށް ދެނީ މަންމައެެއް ނޫންތަ؟....

އަހަރެންގެ އުމުރަކީ 12 އަހަރުކަމަށް މީހުން ކައިރީ ބުނަމުން ދަނީ ތި މަންމައެއް ނޫންތަ؟... އަަހަރެންގެ އުމުރަކީ 18 އަހަރޭ ބުނަން ބޭނުން ނުވަނީ ކީއްވެ؟..... އަހަރެން ހަދަނީ އޭލެވެލް އޭ ނުބުނީ ކީއްވެ؟،،، މީހުންގެ ސިމްޕަތީ ހޯދަންތައް؟...

އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެއީ 12 އަހަރުގެ ކުއްޖެކަމަށް އަހަރެން ދެކެމުންދިޔަ ހަނދާން އަހަރެންގެ ހަނދާނަށް އައެވެ.

މިގޮތަށް ޒާޔާ ވާހަކަދައްކަމުން ދިޔައިރު، ދައްތަ ހުރީ ހުއްޓުން އަރާފައެވެ. އަދި ކުއްލިއަކަށް ގޮސް ޒާޔާގެ ކަންކަށިމަތީގައި ޖެހީއެވެ.

"އިތުރަށް އެންމެ ވާހަކައެއް ދައްކާލިޔަސް. އަހަރެންގެ ހުރި ނުބައިކަން ކަލެއަށް ދައްކާލާނަން". އޭނާ ބުންޏެވެ.

އެހެން ބުނެފައި އޭނާ ވަނީ އެތެރެއަށެވެ. އަހަރެން ޒާޔާ ގޮވައިގެން ބޭރަށް ނުކުތީމެވެ. ޒާޔާ ބުންޏެވެ. މި ހުރިހާ ކަމެއް މަންމަ ކުރަނީ ބައްޕައަށްޓަކައެވެ. ބައްޕަ ކުރަމުން އަންނަ ޑްެރަގް ވިޔަފާރިއަށް މަންމަ އެހީތެރިވަނީއެވެ. އެ ނޫން ގޮތެއް އަސްލު މަންމަގެވެސް ނެތެވެ.

ޒާޔާ.... އަހަންނާއެކު މާލެއަށް ދާންވީނުން...... އެއިރުން ޒާޔާއަށް ތިކުރާ އަނިޔާތައް ހުއްޓާލާނެ....

އަހަރެެން ކިހިނެއް ދާނީ.... އަހަރެން ގޮސް ހުންނާނެ ތަނެއްވެސް ނުހުންނާނެ އަނެއްކާ ކޮއްކޮމެން.......

ހިނގާ އެންމެން އެއްކޮށް މާލެ ދާން..... މަންމަވެސް ގޮވައިގެން.....

ނުދާނެ... ކިހިނެއް ދާނީ... މަންމައަށް އެތައް އަނިޔާއެއް ބައްޕަ ކުރޭ.... މަންމަ އަސްލު މިހާރު ބޭނުން ނުވޭ ބައްޕައާއެކު އުޅެން އެކަމުވެސް މަޖުބޫރުވެފައި ހުންނަނީ........

އަހަންނާއި އިންނަންވީނުން....... އަހަރެން ތި އާއިލާ ތިކަމުން ސަލާމްތްކޮށްދޭނަން......

"ނުނިމޭ"

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އިއު

    ބައްޔެއް

  2. ޟ

    ވާހާކާގެ ނަމުގަ މި އިއް ނަނީ ބައްޕަ އޭ މަންމަ.ވެސް ގުޅުގެނދޯ

  3. ސުމްސު

    މަންމަ ެަހަރއން ވިއްކާލީ ފައިސަގެ ދަހިވެތިކަމުގައި.މި ވާހަކައައް ކިޔަންވީ ނަން.މާގުޅޭނެ.

  4. ?

    ކުދީންނޭ! ލިޔުންތެރިޔާ އެނަން ދީފަ އޮންނާނީ ސަބަބެއް އޮތީމައެއްނު. ވާހަކަ އިން އަދި ވާނެ ގޮތް އަހަރެމެންނަށް ނޭނގޭއިރު ކިހިނެއް އަހަރެމެންނަށް އެއަށް ދޭންވާ ނަން އެނގޭނީ.

  5. ޔާމިން

    ވަރަށް އަސަރު ގަދަ. ރީތި ވާހަކަ އެއް

  6. ޙިޔާލު

    ގޯހެއް ނޫން

  7. ޑޮދް

    ކޮބާ އަނެއްބައި އަވަސް ކޮށްބާ ޕްލްސް

  8. ޅައްބް

    ދޯ އަވަސް ކޮށްލަ

  9. އަވަސް

    ހެޔޮނުވާނެ ތިހެން ލަސްވަންޔާ. ދެން ކޮން އިރަކުން ތަ އަނެށް ބައި ލިބޭނީ؟ ބުނެލާފަ ތިބޭނަމަ ދޯ

  10. ޑިޑޯ

    ނުނިމޭ، މިހެން ޖަހާފަ ދެން އޮތް ބައި މިވަނި އިރަކުންނޭ ޖަހާލާނަމަ ކިހާ ރަނގަޅު މާ ދިއުޅި ދިގީ

  11. Ihushaxoo

    ކޮބާހޭ ކޮބާހޭ ކޮބާހޭ ަަަަަަަަަަަަަަަަަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  12. ބބބބބ

    އަނެއް ބައި އަވަސް ކޮއްބަލެ

  13. ؟

    ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  14. ވާހަކަ

    އަބަދުވެސް ވަގުތު ގަ ނެރޭ ވާހަކަ އެއްވެއްޖެޔާމު ވަކި ހިސާބަަކަށް ކިޔަން ލިބޭނީ.. އަހްލަމާމް ކިޔާ ވާހަކ އެއްވެސް މީގެކުރިން ވަކި ހިސާބކުން ހުއްޓުނީ.. އަނެއްކާ މިދިޔަ އަހަރު ވެސް ހަމަ އެވާހަކަ އަށް ވީ އެވަރު.. ދެން މިއަހަރު ވީ އެވަރު ކުރިޔަކަށްނުދޭ ބާކީ ބައި ނުވެސް ނެރޭ..

  15. ބައްޔެއް

    ބައްޔެއް.. ކޮބާ؟

  16. ޅޮލިި

    ކޮބާ އަނެބާ. މިހާރު ހަފްތާ އަށް ވުރެ ގިނަދުވަސް ވެޖެ.

  17. ކޮކާ

    ތިވަރުން ވާހަކަ ނުލިޔެބަލަ.

  18. ކޮކާ

    ދެން އަންނަ ޕާޓް ވ ދިގު ވާނެހެން ހީވޭ.