95 އަހަރުވެފައިވާ ކެމެރާއެއް 2.96 މިލިޔަން ޑޮލަރަށް ވިއްކާލައިފިއެވެ. ރިކޯޑު އަދަދަކަށް ވިއްކާލާފައިވަނީ ލެއިކާ ބްރޭންޑުގެ ކެމެރާއެކެވެ.

ހިނގަމުން މިދާ މާރިޗު މަހުގެ 10 ވަނަ ދުވަހު، އޮސްޓްރިޔާގެ ވިއެނާގައި ކުރިއަށް ދިޔަ ވެސްޓްލިޝްޓް ކެމެރާ ނީލަމުގައި، މި ކެމެރާ ވިއްކާލާފައިވާއިރު، އެނީލަމުގައި މި ކެމެރާ ވިއްކަން ހުޅުވާލި އަގަކީ ހަތަރު ލައްކަ އެމެރިކާ ޑޮލަރެވެ.

ބެލެވޭ ގޮތުގައި ލެއިކޯ އޯ މޮޑަލްގެ 12 ކެމެރާ މިހާރު ދުނިޔޭގައި އޮތްއިރު، އޭގެތެރެއިން ބޭނުންކުރެވޭ ޙާލަތުގައި އޮތީ އެންމެ ތިން ކެމެރާއެވެ.

ކެމެރާ ނޫނަސް މިފަދަ އަގުހުރި ތަކެއްޗަކީ ބޮޑެތި އަގުތަކެއްވެސް ވިއްކާލެވޭ އެއްޗެއްސެވެ. އެންޓިކް ބާވަތްތަކަށް ލޯބިކުރާ ފަރާތްތަކުންނާއި ބޮޑެތި މުއްސަނދިން މިފަދަ ބާވަތްތައް ގަނެ އުޅެއެވެ.

މިއީ ވެސްޓްލިޝްޓް ކެމެރާ ނީލަމުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކެމެރާއެއް ވިއްކާލި ފަހަރުވެސްމެއެވެ. މި ކެމެރާ އުފައްދާފައިވަނީ 1923 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު