އެކްސިޑެންޓެއްވެގެން ހޮސްޕިޓަލަށް ދިޔަ މީހަކު، ބާލީހަކަށް އޭނާގެ ފައި ބޭނުން ކުރަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގައި މިކަން ފެންމަތިވިއިރު، ގަންޝިޔާމް ނަމަކަށް ކިޔާ އެ މީހާގެ ބޯ ދަށުގައި އޭނާގެ ބުރިކޮށްފައި އޮތް ފައި ފެންނަ ވީޑިޔޯއެއް ދަނީ ދައުރުވަމުންނެވެ. އޭނާ ޑޮކްޓަރަށް ދައްކާފައި ވަނީ ޖަންސީ މެޑިކަލް ކޮލެޖަަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އަކީ ދާދިފަހުން ބަމޫރް ވިލޭޖުގައި ބަހެއް ފުރޮޅާލައި އަނިޔާވި ކުދިން ތަކުގެ ތެރޭގައި ހިމެނޭ އެކަކެވެ. އެ ހާދިސާގައި 25 ކުއްޖަކަށް އަނިޔާވެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ގަންޝިޔާމްގެ ބޯދަށުގައި އޭނާގެ ފައި އޮވެގެން އެ މައްސަލަ އޭނާގެ އާއިލާ މީހުންވެސް ހޮސްޕިޓަލްގައި ޖެއްސިއެވެ.

އެހެން ނަމަވެސް އެކަމަށް އެދެވިގެންވާ ޖަވާބެއް ހޮސްޕިޓަލުން ނުލިބުމުން، އޭނާގެ އާއިލާއިން ވަނީ ފިހާރައިން ބާލީހެއް ގެނެސް ގަންޝިޔާމްގެ ބޯ ދަށުގައި އޮތް އޭނާގެ ފައި ނަގާފައެވެ. މިކަން އުއްތަރްޕްރަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން ހޮސްޕިޓަލްގެ ބައެއް އިސްވެރިން ސަސްޕެންޑްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮބާ ވީޑިއޯ.؟

  2. މިކަހަލަ އާރޓިކަލްތަށް އިނގިރޭސި ބަހުން ލިޔެފް އިނގިރ'ެސިބަހުން ކޮމެންޓްކުރެވޭ ގޮތް ހަދަންވީ. އެއިރުން އިންޑިޔާގެ މޯދީ ޓެގްކޮށްފަ ފޮނުވާލެވޭނެ!

  3. މިިހިރީ އަހަރުމެން ރާއްޖެއަށް ފާޑުކިޔާ އިންޑިޔާގެ ހާލަތުހުރި ގޮތް!!!!!

  4. ތިޔަވީޑިއޯ ކުނޫޒާ ހަރުގޭގައޅުވައިގެން އެކުދިންނައްދައްކަބަލަ އެކުދިންއެބުނާ ޑިމޮކްރަސީއޭރުން އެކުދިންނައްފެންނާނެ

  5. ހިތިވާނެ ބޯން ޖެހޭ ބޭސް

  6. އިންޝާﷲ ޝިފާ ދެއްވަވާ ހެޔޮގޮތް މިންވަރު ކޮށްދެއްވެވުމަށް އެދެން . އާމީން