ކައިވެނީގެ ހަފްލާއަށް އަސްލު މަންމަ ގެންނަން ބޭނުންވާތީ 22 އަހަރުގެ އަޔޫނަމަކަށް ކިޔާ އަންހެނަކު ފެށިއެވެ. އޭނާއަކީ އެޑޮޕްޓްކޮށްފައި ހުރި ކުއްޖެކަން މާކުރިން އޭނާއަށް އޮތީ އެނގިފައެވެ.

އެހެން ނަމަވެސް އޭނާއަކަށް އޭނާގެ އަސްލު މަންމައަކީ ކާކުކަން ނޭގެއެވެ. ހަމައެކަނި އިނގެނީ މަންމަގެ ނަމެވެ. އެއީ ސިޓީ ރޮޒަނީއެވެ.

އަޔޫއަށް އޭނާގެ އަސްލު މަންމައާ ގުޅޭ މައުލޫމާތުތައް އެނގުނީ، އަޔޫ މަސައްކަތުގެ މާހައުލަށް ނުކުތުމުންނެވެ. އަޔޫ އާއި އޭނާގެ އަސްލު މަންމަ އަދި އޭނާ އެޑޮޕްޓްކުރި މީހާ މަސައްކަތް ކުރަނީ އެއް ތަނެއްގައެވެ. އެގޮތުން އެތަނުން ދިމާވި ސިޓީއާއެކު މަސައްކަތް ކުރި މުވައްޒަފެއްގެ ފަރާތުން ސިޓީ ބަނޑުބޮޑުވިކަމާއި، އަދި ސިޓީއަށް ދިމާވި މައްސަލައެއްގައި އެ ދަރިފުޅު ބެލެން ނެތިގެން މީހަކަށް ދިން ކަމާއި، އަދި ސިޓީ ފަހުން އެ ދަރިފުޅު ހޯދަން މަސައްކަތް ކުރިކަން އެނގިގެން ދިޔައެވެ.

އަޔޫ އެ ވާހަކަތައް ހިއްސާކުރީ މީސް މީޑިޔާގައެވެ. އަސްލު މަންމަގެ ފޮޓޯއާއެކު ޓްވިޓާ މެދުވެރިކޮށް އެ ވާހަކަތައް އޭނާ ހިއްސާކުރިއިރު، އެ މެސެޖް ފެނުނީ އޭނާގެ އަސްލު ކޮއްކޮައަށެވެ. އަދި ވަގުތުން އަޔޫއާ ވާހަކަދައްކަން ފެށިއެވެ.

އަޔޫއަށް އޭނާގެ އަސްލު މަންމައާ ބައްދަލުކުރެވުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި އޭނާގެ އަސްލު ކޮއްކޮއާވެސް ބައްދަލުކުރެވުނެވެ.

އަޔޫ ބުނީ، އޭނާ އެހާހިސާބަށް ގެނެސްދިން މީހާ ދޫކޮށްނުލާނެ ކަމަށާއި، ދިރިއުޅޭނީ އެ މީހާއާ އެކީގައި ކަމަށެވެ. އަދި އެއީ އޭނާގެ މަންމަކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއުމިން

    އަލްހަމްދުލިއްލާހި ޔާﷲ