ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ރޭ އާންމުކޮށްފި އެވެ.

އެ ވެބް ސީރީޒްގެ ޓްރެއިލާ ލޯންޗުކުރީ ގިނަ ދިވެހި ފިލްމުތަކާއި ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރި ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގައި އަލަށް އުފައްދާ، 70 އެޕިސޯޑުގެ މި ވެބް ސީރީޒްއަކީ ފާތިމަތު ނަހުލާގެ ވާހަކައަކަށް ތައްޔާރު ކުރާ އުފެއްދުމެކެވެ.

އޮންލައިން ނޫހެއްކަމަށްވާ "އަވަސް" އަށް ދެއްވި އިންޓާވިއުއެއްގައި ނަހުލާ ބުނެފައިވަނީ މިކަަހަލަ ވެބް ސީރީޒްއެއްް އުފެއްދުމަށް ގިނަ ބަޔަކު ކުރިން ވިސްނާފައި ވިޔަސް ރަނގަޅު ފުރުސަތެއް ނުލިބޭ ކަމަށެވެ. އަދި މިއީ ޑިޖިޓަލް މާކެޓަށް ނުކުތުމަށް ފަހިވެގެން ދާނެ ރަނގަޅު ފުރުސަތެއް ކަމަށާއި މިކަހަލަ ފުރުސަތަކަށް ނޫނެކޭ ބުނުމަކީ ދިވެހި ފިލްމީ ދާއިރާއަށް ދެވޭނެ ބޮޑު ގެއްލުމެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.

https://web.facebook.com/155384271986022/videos/1628458293967341/

ނަހުލާ، މުހައްމަދު ފައިސަލް އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގެ މަންޒަރުތައް ނެގުމަށް ބައިސްކޯފުން ވަނީ ބޮޑު އިންޑޯ ސެޓެއް ތައްޔާރުކޮށްދީފަ އެވެ. މި ސީރީޒްގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ކ.ގުރައިދޫގައި އެވެ.

މިމަހުގެ 29ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ އިރު މި ސީރީޒް އިން 39 އަކަށްވުރެ ގިނަ އެކްޓަރުން ލީޑުން ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނެހީ

    ނަހުލާ އަދިވެސް ހީކުރަނީދޯ މިތާ ފިލްމު އިންޑަސްޓްރީއެއް އޮތް ކަމަށް، އަވަހަށް ހޭލާ ނަހޫ، ރަނގަޅު ކޮލިޓީގެ ފިލްމެއް ނުއުފެއްދިގެން އުޅޭއިރު ކީއްކުރާ ވެބް ސީރީޒްއެއް. ފިލްމު އުފައްދަން ތިހާ ބޭނުންވަންޏާ އެކަމަށް ބޭނުންވާ ނޮލެޖް ހޯދުމާ ބޭނުންވާ ރަނގަޅު އިކުއިޕްމަންޓްސް ހޯދުން އެއީ ވަރަށް މުހިންމު ކަމެއް. ކޮންމެ ފިލްމެއްގައި ޔޫއްޕެ އަދި ޝީލާ. މިދެން ބޮޑުވަރު. ހެހެހެ