ކޮންމެ މަޔަކުވެސް ބޭނުންވާނީ އެމީހެއްގެ ދަރިފުޅަށް ރައްކާތެރިކަމާއި ސަލާމަތެވެ. ވަށައިގެންވާ މާޙައުލުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ދުރުކުރުމެވެ. އެހެންނަމަވެސް، ކުރަން ބޭނުންވާ ކޮންމެ ކަމަކީ އަދި ކުރެވޭ ކަމަކަށް ނުވާތީ، މިކަމަށް ނުކުޅެދުންތެރިވާ ފަހަރުވެސް އާދެއެވެ. އަޑުއަހަން ބޭނުން ނުވިކަމުގައިވިޔަސް، މިފަދަ އެތައް ވާހަކައެއް އިވެއެވެ.

އެގޮތުން، އަވަށްޓެރި އިންޑިޔާގެ އާގްރާ ސަރަޙައްދުގެ ގެއެއްގެ ތެރޭގައި އޮތް ކުއްޖަކު ވެގެން ދިޔައީ ރާމާމަކުނެއްގެ ޝިކާރައަކަށެވެ. އުމުރުން އެންމެ 12 މަހުގެ މި ކުއްޖާ، ރާމާމަކުނުގެ ޝިކާރައަށް ވެގެންދިޔައީ، މަންމަގެ ގާތުގައި އޮއްވައެވެ. އެއީވެސް، އަދި ގާތުން ދެމުން ދަނިކޮށެވެ.

އާރުޝް ނަމަކަށް ކިޔާ މި ކުއްޖާގެ މަންމަ، ނީހާ ބުނެފައިވާ ގޮތުން ގޭތެރެއަށް މި ރާމާމަކުނު ވަދެފައިވަނީ ކުއްޖާއަށް ގާތުން ދޭން އިންދައެވެ. އަދި، ގެއަށް ވަނުމަށްފަހު ކުއްޖާގެ ކަރުގައި ހިފައިގެން ދަމަމުން ބޭރަށް ނިކުތީއެވެ.

އާރުޝް

ކުއްޖާގެ ބައްޕަ، އިންޑިޔާގެ ނޫސްތަކަށް ބުނެފައިވާ ގޮތުގައި ރާމާމަކުނު ހިފުމަށްޓަކައި އެމީހުން އެތައް މަސައްކަތެއް ކުރިއެވެ. ރާމާމަކުނު ހިފާ، ކުއްޖާ ދިރިހުއްޓާ ސަލާމަތްކުރުމަށް އެމީހުން އެތައް މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް އެކަން ކާމިޔާބު ވާގޮތެއް ވެފައި ނުވެއެވެ. ފަހަތުން މީހުން އަންނަމުން ދިއުމުން، ރާމާމަކުނު އެންމެ ފަހުން، ކައިރީގައި ހުރި ގެއެއްގެ ފުރާޅު މަތީގައި ތުއްތު ތުއްތު އާރުޝް ބާއްވާފައި ދިޔައީއެވެ. އެހެންނަމަވެސް، އޭރު ވަގުތު ފާއިތުވެއްޖެއެވެ. އޭރު ކުއްޖާގެ ފުރާނައެއް ނެތެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ކުއްޖާއަކީ މި ދެމަފިރިންގެ ހަމައެކަނި ހުންނަ ދަރިފުޅެވެ. އަދި، މި ދެމީހުން ކައިވެނި ކޮށްގެން އުޅޭތާވަނީ ދެ އަހަރު ދުވަސްވެފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން، ކުއްޖާ ދަމައިގަނެގެން ދިއުމުގެ ކުރިން މި ރާމާމަކުނުވަނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ. މިފަދަ އެތައް ކަމެއް އިންޑިޔާގައި ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަސދ

    އަދިވެސް މަކުނަށް އަޅުކަން ކުރޭ

  2. ބޮޑުގަމާރު

    އަވަހަށް ތިޔަށް އަޅުކަންކުރަންފަށާ!

  3. ލިކް

    އަވަހަށް މަކުނު އުޅެގޮތަށް އުޅޭ

  4. ލިކް

    މަކުނު ހައްޔާރު ކުރޭ

  5. ހަނޫމާން

    މަ ކުރި ކަމެއް ތީ.. އެހެންކިޔާފަ މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ..

  6. ލިކް

    އިންޑީޔާ މީހުން އުޅޭގޮތަށް މަކުނުތައް އުޅޭނީ

  7. ހަންކޮ

    މިމީހުންނަކީ މި ދުނިޔެމަތީގައިވާ އެންމެ ބޮޑެތި މޮޔައިން. ހަނޫ ލޯބި (ހަނޫމާން #@$#!@$) އެކުއްޖާ ބޭނުން ވެގެން ގެދިޔައީކަމަށް މިމީހުން ބަލާނީ...

  8. މި

    ސުބުހާނަﷲ

  9. Anonymous

    މި މީހުން ބުނާނެ އެއީ ހަނޫމާންގެ ހާއްސަ ދަރިއެކޭ ??