ބޮލީވުޑުގެ މެގަސްޓަރ، އަމީތާބް ބައްޗަންގެ ހާލު ރަނގަޅުކަމަށް އޭނާ ބުނެފިއެވެ. އަމީތާބު މިހެން ބުނެފައިވަނީ، އޭނާ ހޮސްޕިޓަލަކަށް ދިޔަ މަންޒަރު ފެނި، އޭނާގެ ގިނަ އަދަދެއްގެ ފޭނުންގެ ހިތް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އަމީތާބު، އޭނާގެ އަމިއްލަ ބްލޮގުގައި، ޅެން ބައިތެއްގެ ސިފައިގައި ރޭ މިކަން ބަޔާންކޮށްފައިވާއިރު، ދޭތެރެ ދޭތެރެއިން ޗެކަޕް ތަކަށް އޭނާ ހޮސްޕިޓަލަށް ގޮސް އުޅޭކަމަށް ބުނެފައިވެއެވެ. އަދި، މިއީ އޭނާ އެންމެ ކުޑައިރުންސުރެ ކުރަމުން އަންނަ ކަމެއްކަމަށްވެސް ބުނެފައިއެވެ.

ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި، ދާދިފަހުން އޭނާ ހޮސްޕިޓަލަކަށް ޒިޔާރަތްކުރުމުން، އެތަނުން ގިނަ އަދަދެއްގެ ޕަޕަރާޒީންވަނީ އޭނާ ވަށާލާފައެވެ.

އުމުރުން 75 އަހަރުގެ އަމީތާބަކީ، މަޝްހޫރު، ކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައިވާ، ބޮލީވުޑުގައި މިހާރު ހުރި އެންމެ މަޝްހޫރު އެކްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޑިބެ

    ވަރަށް އަވަހަށް ކަލޭ އެރިއަލް ޝެރޯން އާއި ބައްދަލު ވާނެ