އެމެރިކާގެ އޮހާޔޯ އަށް ނިސްބަތްވާ އުމުރުން 12 އަހަރުގެ ކުއްޖަކު މަރުވުމުގެ ކުރިން ބޭނުންވީ މަންމަ ކައިވެނި ކުރާތަން ދެކޭށެވެ. މިދިޔަ ހަ އަހަރެއްހާ ދުވަސް ތެރޭގައި ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދިޔަ ކެއިތް ބުރްކެޓް މަރުވީ މަންމަގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ފަހުންނެވެ.

ކެއިތް ބޭނުންވީ މަންމަ ކައިވެނި ކުރާ މަންޒަރު ބަލާށެވެ. އެހެންވެ އެ ވާހަކަ މަންމަގެ ގާތުގައިވެސް ބުނެފައިވެއެވެ.

"އޭނާ ބުނި މަންމާ.. އަހަރެން ބޭނުންވަނީ އަހަރެން މަރުވުމުގެ ކުރިން މަންމަ ކައިވެނި ކުރާ މަންޒަރު ބަލަން ކަމަށް. އަހަރެން ބުނިން އެކަން ވާނެކަމަށް. އަދި އެކަން ކުރާނެ ކަމަށް". ޓެއިލޯ ވުޑް ކޭތް ބުންޏެވެ.

ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ވުޑް ކައިވެނި ކުރިިއިރު، އޭނާ ބުނިގޮތުގައި، އެ ދުވަހަކީ އޭނާއަށް ހިތްދަތި ދުވަހެއްވެސް މެއެވެ. ދަަރިފުޅު އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވުޑް ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެެވެ.

ވުޑް ކައިވެނި ކުރިއިރު، ކެއިތް ހުރީ އޭނާގެ ފަހަތުގައެވެ. އަދި އެ މަންޒަރު ބަލަން ކެއިތް އިން ފޮޓޯތައްވެސް މީސް މީޑިއާގައި ދަނީ ހިއްސާ ކުރަމުންނެވެ.

އަދި ނޮވެމްބަރު 12 ވަނަ ދުވަހު ކެއިތް މި ދުނިޔެއާ ވަކިވެއްޖެކަމަށްވެސް ވުޑް ވަނީ މީސް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އުމުރުން އެންމެ ފަސް އަހަރުގައި ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދިޔަ ކެއިތް ދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި، އެ ދަރިފުޅާއި ނުލާ އުޅެން ވަރަށް އުނދަގޫވާނެކަމަށް ވުޑް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު