އިނގިރޭސިވިލާތުގެ ޝާހީ އާއިލާ މެންބަރުން ހިމެނޭ ފޮޓޯއެއް މިއަދު އާންމު ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ފޮޓޯއަށް ލިބިއްޖެއެވެ.

ފޮޓޯ އިން ފެންނަނީ ވިލިއަމް އާއި ކޭޓް އަދި ހެރީ އާއި މޭގަންގެ ދެކަނބަލުންގެ އިތުރުން ޕްރިންސް ޗާލްސް އާއި އަނބިކަނބަލުން ކެމިލާ އެވެ. އަދި ވިލިއަމްގެ ތިން ބޭފުޅުން ވެސް ފޮޓޯ އިން ފެނެއެވެ.

މިއީ ޕްރިންސް ޗާލްސްގެ 70 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކްލެރެންސް ހައުސް އިން އާންމު ކުރި ފޮޓޯ އެކެވެ.

https://www.instagram.com/p/BqIvrC2gYHs/

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތާއި ކައިރީގައި ތިބި ހުރިހާ ބޭފުޅުން އެއް ފޮޓޯ އަކުން ފެންނަ މިފޮޓޯ މިހާރު ވަނީ ބައިނަލްއަޤުވާމީ މީޑިއާގެ އިތުރުން އެތައް ބައެއްގެ މީސް މީޑިއާ އެކައުންޓްތަކުން ވެސް ޖާގަ ހޯދާފައެވެ.

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތާއި އެންމެ ކައިރީގައި ހުންނެވި ޕްރިންސް ޗާލްސްގެ އުފަން ދުވަހަކީ މިއަދެވެ. ޕްރިންސް ޗާލްސްގެ އުފަން ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެހަރަކާތްތައް ހަފްތާތަކަކަށް ދެމިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    އަހަރެމެންނަށް އޮންނާނީ ކޮން ޝާހީ ޢާއިލާއެއް، އެމީހުން ފޮޓޯނެގީޔާ ނުވަތަ ނުނެގީއްޔާ އަހަރެމެންނަށް ކޮންކަމެއް، ކަލޭމެން ލާދީނީ މީހުންނަށް މުހިންމުވެދާނެ ދޮންމީހުން ނަގާ ފޮޓޯވެސް.

  2. ޜަނާ

    ކޮބާ ރާނީގެ ދެމަފިރިން އެދެމީހުންވެސް ތިބިނަމަ ފުރިހަމަވާނެދޯ .70އަހަރު ފުރުނު އިރުވެސް އަމާމީހާ އެއުޅެނީ ވެރިކަން ދޭން ނުކެރިގެން ކީކޭ ބުނާނީ މިހާރު އެދައިތަ އޮތީ ޓޯޓޯ ވެފަ