އެމެރިކާގެ ކެލިފޯނިއާގައި މިހާރު ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން އެކަކީ އުމުރުން 93 އަހަރުގެ ލީ ބްރަންޑީ އެވެ. ދެވަނަ ބޮޑުހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ލީގެ ގެ އަލިފާނުގައި އަނދައިގެން ދިއުމުން އޭނާ ވަނީ މަގުމަތިވެފައެވެ.

ލީގެ ގެއާއި އަލިފާންގަނޑު ކައިރި ވުމުން ލީ ވަނީ އޭނާގެ ކާރުގައި އެސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބަކަށް ގޮސްފައެވެ. ރައްކާތެރި ސަރަހައްދަކަށް ގޮސް އުޅުމުގެ ތެރޭގައި ލީ އާއި ބައްދަލުވީ ޒުވާން އަންހެނެއް ކަމަށްވާ ގްރާންޓް އާއި އެވެ.

ގްރާންޓް ވަނީ ލީ އަށް އެހީތެރި ވެފައެވެ. ލީ ގްރާންޓްގެ ގެއަށް ގެންގޮސް އެގޭގައި މަޑުކުރުމުގެ ފުރުސަތު ގްރާންޓް އާއި އޭނާގެ ލޯބިވެރިޔާ ޖޯޝް ވަނީ ދީފައެވެ. ގްރާންޓް އާއި ޖޯޝްގެ ރަނގަޅު ކަމާއި އޯގާތެރިކަން ފާހަގަކޮށް ލީ ބުނެފައި ވަނީ އެދެމީހުން މިހާރު ވަނީ އޭނާ "އެޑޮޕްޓް" ކޮށްފައި ކަމަށެވެ.

ގްރާންޓް އާއި ޖޯޝް ބުނީ ލީ އަށް އޭނާ ބޭނުން ދުވަހެއް ވަންދެން އެމީހުންގެ ގޭގައި ދިރިއުޅެވޭނެ ކަމަށެވެ.

ލީގެ ގެ އަލިފާނުގެ ހާދިސާގައި އަނދައިގެން ގޮސްފައި ވާތީ އެންމެ އަވަހަށް ވެސް އޭނާ އަށް އަލުން ގެއެއް އެޅި، ކުރީގެ ދިރިއުޅުމަށް ރުޖޫޢަ ވާން އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާނެއެވެ. ނަމަވެސް މިއަދު ލީއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އޭނާ އަށް ވަނީ އުމުރުން 93 އަހަރު ވެފައި ވަނިކޮށް "މަންމަ އަކާއި ބައްޕައެއް" ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުސްކުޅި

  އަހަރެމެން މުސްލިމުނގެ ކިބަެއިގަ ހުނއނަންޖެހޭ ސިފަ މިހުންނަނީ ޔަހޫދިންގެ ކިބައިގަ....މުސްކުޅިންނާ އަޅާލާ މީހުން ނެތް.

  • އާދަކާދަ

   މުސްކުޅިންނަށް ސަރުކާރުން ދޭ ފައިސާ ކޮޅުވެސް ދަރިން ކާލާފާ އެމީހުނާ އަޅައެއްނުލާ.

 2. ނައުހާ

  މިކަހަލަމީހުން ދިވެހިގެތެރޭގަނޫޅޭނެ ވަރައްސާފު ނިކަމެތިބްނައް ފުލެޓުލިބުނީމަ އެވެސްނުދޭނަމޭވިޔާ އެބުނީ އެކަމަކުވޯޓުލީ ހުސް މުއްސަނދިންނެއްނޫން ހާލުފައުޅޭމީހުންމޣިބައިނގޭ ވަރައްވިސްނާތި