ބުރުންޑާއީގެ ބުޖަމްބޫރާ އިން ކެންޔާގެ ނައިރޯބީ އަށް ދަތުރު ކުރަން އޮތް ފްލައިޓެއްގައި ބުރުންޑާއީގެ އިސް އޮފިޝަލުން ދަތުރު ކުރަން އެންމެ އެކަށީގެންވާ ގޮނޑިއެއް ނެތުމުން ފްލައިޓް ކެންސަލް ކޮށްފިއެވެ.

އަގުހެޔޮ އެއާލައިނެއް ކަމަށްވާ ކެންޔާގެ ޖަންބޯޖެޓް އެއާވޭސް ފްލައިޓްގައި ދަތުރު ކުރުމަށް ހަމަޖެހިފައި އޮތީ ބުރޫންޑާއީގެ ސަރުކާރު އޮފިޝަލުން ތަކެކެވެ. އެމީހުން ދަތުރު ކުރަން ހަމަޖެހިފައި އޮތީ މިމަހުގެ 07 ވަނަ ދުވަހު އެވެ. ނަމަވެސް ފްލައިޓަށް އެމީހުން އެރި ފަހުން އެނގުނު ގޮތުގައި އެއީ ފަސްޓްކްލާސް ހުންނަ ފްލައިޓެއް ނޫން ކަމެވެ. އިކޮނަމިކް ކްލާހުގައި ހުރި ގޮނޑިތައް އިށީންނަށް ކަމުނުދާ ކަމަށް އެއޮފިޝަލުން ބުންޏެވެ. އެހެންކަމުން ދަތުރު ކެންސަލްކޮށް ބްރޫންޑާއީގެ ވެރިން ވަނީ ފްލައިޓުން ފައިބާފައެވެ.

ޖަމްބޯޖެޓްސް އިން ވަނީ މިފަދަ ކަމެއް ހިނގިކަން މީޑިއާގައި ކަށަވަރު ކޮށްދީފައެވެ. އެއާލައިނުން ބުނީ ދަތުރުގެ ކުރިން ވެސް ފްލައިޓްގެ ހާލަތު ވާނީ ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކޮށްފައި ކަމަށާއި އެއާލައިނުން ފޯރުކޮށްދޭ އެންމެ ފުރިހަމަ ޚިދުމަތް ކޮންމެ ކްލާހެއްގައި ދަތުރު ކުރާ ކޮންމެ ފަސެންޖަރަކަށް ވެސް ލިބޭނެ ކަމަށެވެ.

ފްލައިޓުން އޮފިޝަލުން ދަތުރު ނުކުރި މައްސަލައިގައި ފާޑުކިޔުން އަމާޒުވުމުން އޮފިޝަލުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އޮފިޝަލުން އެފްލައިޓްގައި ދަތުރު ނުކުރަން ނިންމީ ފްލައިޓްގެ އަޑުގަދަ ވުމުން އުނދަގޫތަކެއް ދިމާވާނެތީ ކަމަށެވެ. އެވާހަކަ އަށް އަނެއްކާ ވަނީ އިތުރު ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެފްރިކާގެ ގައުމުތަކުގެ ވެރިން ގައުމަށް ލިބޭ އާމްދަނީ އާއި ނުބައްދަލު ޚަރަދުތައް ރަސްމީ ދަތުރުތައް ކުރާތީ މީގެ ކުރިން ވެސް އެގައުމުތަކުގެ ރައްޔިތުންގެ ފާޑުކިޔުންތަކާއި ވަރަށް ގިނައިން ކުރިމަތިލާން ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބުރުންޑާއީތަ ނުވަތަ ބުރުންޑީތަ؟

  2. ފަރޭ

    ހިސާބައް ވުރެ ފޮނިވީމަ ތިހެން އުޅޭނީ

  3. ރާނީ

    މާ ފޮނީ އަސްލުވެސް