ކަންކަން އިސްލާހު ކުރުމަށް ދަރީންނަށް އަދަބު ދިނުމަކީ ނެތް ކަމެއް ނޫނެވެ. އެހެންނަމަވެސް، ދެވޭ އަދަބު ވާންވާނީ އެކަންކަމާ އެކަށީގެންވާ، އެކުދިންގެ އުމުރާވެސް އެކަށީގެންވާ ކަންކަމާއެވެ. މިފަދަ އަދަބުތަކަކީ ތާ އަބަދަށް އެކަމުގެ ވޭން އުފުލަން ޖެހިދާނޭ ކަންކަމަކަށް ނޫނެވެ. އެހެންނޫންނަމަ، އެކުދިންގެ އިންސާނީ ޙައްޤަށް އެއްވެސް އުނިކަމެއް އަންނަފަދަ ކަމަކަށްވެސް ނޫނެވެ.

އެމެރިކާގެ ސަރަޙައްދަކަށް މަންމައަކު، ދަރިންނަށް ދިން އަދަބެއްގެ ސަބަބުން، އޭނާއަށްވެސް ވަނީ ވަރަށް ބޮޑު އަދަބެއް ލިބިފައެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، އަމަންޑާ ރެޔާ ނަމަކަށް ކިޔާ އުމުރުން 26 އަހަރުގެ މަންމައަކު، ގޭގެ އެނދުތައް ހަޑިކުރާތީ އޭނާގެ ކުޑަ ދެ ދަރިންނަށް ދީފައިވަނީ ވަރަށްވެސް ލާއިންސާނީ އަދަބެކެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެނދުތައް ހަޑިކުރުމުގެ އަދަބެއްގެ ގޮތުން ދަރިންވަނީ ކެކި ކެކި ހުރި ހޫނު ފެން އެއްޗެއްގެ ތެރެއަށް ލައިފައެވެ.

އަމަންޑާ

މި އަނިޔާވެރި އަދަބުގެ ސަބަބުން ދެ ކުދިންނަށްވެސް ޞިއްޙީ ގޮތުން ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން އެއް ކުއްޖެއްގެ ހަންގަނޑު، ހޫނު ފެނުގެ ސަބަބުން ނެއްޓިގެން އައިސްފައިވާކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

2015 ވަނަ އަހަރު ހިނގާފައިވާ މި ކަމަށް އަދަބު ދީފައިވަނީ މި ހަފްތާގެ ތެރޭގައެވެ. ދަރިންނަށް ދިން އަނިޔާގެ ސަބަބުން 40 އަހަރު ދުވަސް ވަންދެން އަމަންޑާ ޖަލުގައި ބަންދުކުރުމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

މައްސަލަ ބެލި ބެލުމުން ކޯޓަށް އެނގިފައިވާ ގޮތުގައި މިކަމުގައި އަމަންޑާގެ އޭރުގެ ލޯބިވެރިޔާގެ އަތެއްވެސްވެއެވެ. އެހެންކަމުން، އޭނާއަށްވެސް އަދަބު ދޭން ނިންމާފައިވެއެވެ.

އަމަންޑާގެ ދަރިންގެ އުމުރަކީ އޭރު ފަސް އަހަރާއި ދެ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތި ވާނީ ސިކުނޑީގެ އުނިކަން ހުއްނަމީހަކައް ވެލޭ ގޮތައް ލޮލް

  2. އިބްތިހާލު މަރާލީމާ

    އިބްތިހާލު މަރާލީމާ ވީ ކަމެއް ނެތް.
    މިހާރު ވެލަޒިނީ ނަފްސާނީ ބަލި ޖެހިފަ ހުރީމާ، އޭނަ ގޮވާ އެއްޗެހި މީޑިއާގައި ޢާއްމު ކުރަނީ. ނަފްސާނީ ބަލިޖެހިފަ ތިބޭ އެހެން މީހުން ގޮވާ ތަކެތި މީޑިއާ ގަ ޢާއްމެއް ނުކުރޭ، އަދިނުވެސް ކުރާނެ ކަމަށް ބެލެވެނީ.
    އެއީ ނަފްސާނީ ބަލިޖެހިފަ ތިބޭ އެހެން މީހުންނަކީ (ނަފްސާނީ ބަލިޖެހިފަ ތިބޭ ވަގުތު ތަކުގައި) ދީނަށް ޖޯކު ޖަހަން އެނގޭ ބަޔަކަށް ނުވާތީ.