ބޮލީވުޑުގައި އެފަދަ ދެވަނައެއް ނެތް ރަންވީރު ސިންގް އާއި ދިޕިކީ ޕަދުކޯނުގެ ކައިވެންޏަށް އެތައް ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެމީހުންގެ ފޭނުންގެ އިތުރުން، އެތައް ބަޔަކުވެސް ކައިވެނީގެ ފޮޓޯތައް ބަލާލުމަށް، އިންތިޒާރު ކުރަމުންދިޔައެވެ.

އިޓަލީގެ ކޯރެއްގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދެއްގައި އެމީހުންގެ ކައިވެނީގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް ސިއްރުންނެވެ. ވަށައިގެން އޮތް ކޯރު ޕެޓްރޯލް ކުރުމަށް ބޯޓުތައް ހަރަކާތްތެރިވަމުންދިޔައިރު ފޯނުތައް ޓެޕް ކުރަމުންވެސް ދިޔައެވެ. ހަމައެހެންމެ، އެސަރަޙައްދުގައި ފޯނު ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެނޫންވެސް އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ.

https://www.instagram.com/p/BqKctk6jKwQ/?utm_source=ig_embed

މިހާ ވަރުގަދަ އިންތިޒާމުތަކެއް ހަމަޖައްސާފައިވީނަމަވެސް، ރަންވީރާއި ދިޕިކާގެ ކައިވެނީގެ ބައެއް ފޮޓޯތައްވަނީ މީސް މީޑިޔާގައި ހާމަވެފައެވެ. މިހާ މަޝްހޫރު ދެ ތަރިއެއްގެ ކައިވެނި، ބޭނުންވިކަމުގައިވިޔަސް ސިއްރުން ކުރިއަށް ނުގެންދެވޭނެކަން ޔަޤީނެވެ.

މީސް މީޑިޔާގެ އެކި މަންސަތަކުގައި އާއްމުވެފައިވާ ފޮޓޯތަކުން ރަންވީރު އާއި ދިޕިކާވެސް ފެނެއެވެ. އެހެންނަމަވެސް، އެއްވެސް ފޮޓޯއަކުން އެމީހުންގެ މޫނު ސީދާ ނުފެނެއެވެ. މީގެއިތުރުން، ކައިވެނީގެ ޙަފްލާގައި ބައިވެރިވި ބައެއް ފަރާތްތައްވެސް ފޮޓޯތަކުން ފެނެއެވެ. އާއްމުވެފައިވާ ބައެއް ފޮޓޯތަކުން، ކައިވެނީގެ ޙަފްލާ ކުރިއަށް ދިޔަ ސަރަޙައްދަށް ބޯޓުފަހަރުގައި މީހުން އަންނަ މަންޒަރުވެސް ފެނެއެވެ.

https://www.instagram.com/p/BqKl4Y8gLHH/?utm_source=ig_embed

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ތަރިން ދެ ކައިވެންޏެއް ކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން ކުރާ ފުރަތަމަ ކައިވެނީގެ ތީމް އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދެކުނު އިންޑިޔާގެ ވައްޓަފާޅިއެވެ. ދިޕިކާ އަކީ އިންޑިޔާގެ ދެކުނުގެ ސަރަޙައްދަކަށް ނިސްބަތްވާ މީހެކެވެ. ދެވަނައަށް ކުރާ ކައިވެނީގެ ތީމް އެއްގެގޮތުން ހަމަޖައްސާފައިވަނީ އުތުރު އިންޑިޔާގެ ވައްޓަފާޅިއެވެ. ރަންވީރަކީ އިންޑިޔާގެ އުތުރުގެ ސަރަޙައްދެއްގެ މީހެކެވެ.

މި ދެ ތަރިންގެ ކައިވެނި ވަރަށް ސިއްރުން ކުރާއިރު، ފޭނުން އުންމީދުކޮށްގެން ތިބީ ކޮންމެވެސް އިރަކުން، ކައިވެނީގެ ރީތި ފޮޓޯއެއް ފެންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގެރި

    ހާދަ ހެއްވާ ސެންސްލެސް ވާހަކަ ދައްކައޭ. އެތައް ބައެއްގެ ކުރިމަތީ ކުރިކަމެއް އޭ ސިއްރެއްތަ. ފޮޓޯ ވީޑިއޯ ނުނަގާ ކުރީމަ ސިއްރު ކަމަކަށްވޭތަ؟