ޖަޕާނުގެ ރަށެއް ގެއްލިގެން އެތައް ބަޔަކު ހައިރާންވެއްޖެއެވެ.

އެއީ މީހުން ދިރިނުޅޭ ރަށެކެވެ. އެ ރަށަކީ ސަރުފުޓްސޫ ވިލޭޖާއި 500 މީޓަރު ދުރުގައި އޮންނަ ރަށެއްކަމަށް ވެއެވެ.

އެސަންބެ ހަނަކިޓާ ކޮޖިމާ ނަމަކަށް ކިޔާ އެ ރަށް ގެއްލުނު ސަބަބެއް އެއްވެސް ބަޔަކަށް އަދި ހޯދިފައިނުވާއިރު، އެ ރަށް ފެނޭތޯ ސައިންސްވެރިންނާއި އާއްމުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ރަށަކީ ކުޑަ ރަށެއް ނަމަވެސް، އެރަށް ފެންނަން ހުރެއެވެ. އަދި ޖަޕާނުގެ ރަށެއްކަމުގައިވާ ހޮކައިޑޯގައި ހުންނައިރު އެ ރަށް ވަރަށް ރީއްޗަށް ފެންނަން ހުންނަ ކަމަށް ވެއެވެ.

ނަމަވެސް މިހާރު އެތަނުގައި ހުންނައިރު އެރަށް ނުފެނެއެވެ. އަދި އެއްވެސް ނެވިގޭޝަން ސިސްޓަމަކުންވެސް އެ ރަށް ފެންނަން ނެތްކަމަށް ސައިންސްވެރިންނާއި ބައެއް އާއްމުންވެސް ވަނީ ބުނެފައެވެ.

މިކަމާއި ގިނަަބަޔަކު ވަނީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ. ބޯޓުގައި ގޮސްގެންވެސް މިހާރު އެރަށުގެ ނިޝާނެއް ފެންނަން ނެތްކަމަށް ވެއެވެ.

ގެއްލިގެން ހޯދަމުންދަނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދު ބޮޑުކުރުމަށް އެގައުމުން 2014 ވަނަ އަހަރު ނަންދިން 158 ރަށުގެ ތެރެއިން އެއް ރަށްކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު