މާތްވެގެންވާ ކައުބަތުﷲ ގެފުޅުގައި އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ދަތުރުމަތީގައި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ. މަތިންދާބޯޓުގައި ދަތުރުކުރަމުން ދަނިކޮށް ނިޔާވެފައިވަނީ އަވަށްޓެރި އިންޑިޔާގެ ކެރެލާގެ އަވަށެއްކަމުގައިވާ ކޮޒިކޯޑަށް ނިސްބަތްވާ އުމުރުން ހަތަރު އަހަރުގެ ކުއްޖެކެވެ.

މެދުއިރުމަތީގެ ނޫހެއްކަމުގައިވާ "ޚަލީޖް ޓައިމްސް" އިން ބުނެފައިވާ ގޮތުގައި ޔަހުޔާ ޕުތިޔަޕުރަޔިލް ނަމަކަށް ކިޔާ މި ކުއްޖާ މަތިންދާބޯޓު މަތީގައި ނިޔާވެފައިވަނީ ފިޓު ޖެހުމުގެ ސަބަބުންނެވެ.

"ޙަލީޖް ޓައިމްސް" އިމް އިތުރަށް ބުނެފައިވާ ގޮތުގައި ޔަހުޔާ ނިޔާވެފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތުގައެވެ. އެނޫހުން އިތުރަށް ބުނެފައިވާ ގޮތުގައި މަތިންދާބޯޓު ދަތުރު ކުރަމުންދިޔައީ ސައުދީ އަރަބިޔާގެ ޖިއްދާ އިން ފުރައިގެން އިންޑިޔާގެ ކޮޒިކޯޑަށެވެ. އެހެންނަމަވެސް، ކުއްޖާ ނިޔާވުމުގެ ސަބަބުން ބޯޓުވަނީ އެމަޖެންސީގައޮ އަބޫ ދާބީގައި ޖައްސާފައެވެ.

ރިޕޯޓުތައް އިތުރަށް ބުނާގޮތުން ކުއްޖާއަށް ފިޓު ޖެހެން ފަށާފައިވަނީ ބޯޓު ނައްޓާލިތާ 45 މިނެޓުގެ ތެރޭގައެވެ. އަދި ފިޓު ޖެހެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ޔަހުޔާ ނިޔާވިކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކުއްޖާގެ ބޮޑުބޭބެ ބުނެފައިވަނީ ދަތުރަށް ފެށިއިރުވެސް ކުއްޖާ ހުރީ ހުން އައިސްފައިކަމަށެވެ. އަދި، ކުއްޖާ ނިޔާވީ މަންމަގެ އުނގުމަތީގައި އޮއްވާކަމަށްވެސް ބުނެފައިވެއެވެ. މިކަމަކީ އާއިލާއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެއްކަމަށްވެސް ބޮޑުބޭބެ ބުނެފައިވެއެވެ.

ޔަހުޔާއަކީ އޭނާގެ މަންމައާއި ބައްޕަ ހުންނަ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އަދި، ޔަހުޔާއަކީ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކަށްވާއިރު އެއް ތަނުން އަނެއް ތަނަށް ދިއުމުގައި ފުރޮޅުލީ ގޮނޑީގެ އެހީތެރިކަމަށް އޭނާ ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަން

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން
    ޢެމަރްހޫމަށް ސުވަރުގޭގެ މަަތިވެރި ނިއުމަތް މިންވަރު ކުރައްވާށި
    ! އާމީން!

    • މި

      އާމީން

  2. ޙަސަން

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން
    ޢެމަރްހޫމަށް ސުވަރުގޭގެ މަަތިވެރި ނިއުމަތް މިންވަރު ކުރައްވާށި