އިންޑިއާގެ މަހާރަޝްތްރާ ހޮސްޕިޓަލަކަށް ވަރަށް ބޮޑަށް ބަލިވެގެން ގެންދިޔަ އަންހެނެއްގެ ބަނޑުން ދަގަނޑު ބާވަތްތަކެއް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ. އޭނާގެ ބަނޑުން ނެގި ތަކެތީގެ ތެރޭގައި މޮހޮރާއި، ދަގަނޑު ބޮލްޓް، ފަދަ ތަކެތި ހުއްޓެވެ.

އަމިއްލަ ހޮސްޕިޓަލުގައި އެ މީހާ އޮޕަރޭޝަން ކުރިއިރު، އެމިހާ ފުރަތަމަ ބާއްވާފައި ވަނީ ސަރުކާރު ހޮސްޕިޓަލެއްގައެވެ. އެތަނުގައި އޭނާ ބާއްވާފައި ވަނީ ސިކުނޑި ހަމަނުޖެހޭތީ އެކަމަށް ފަރުވާ ކުރުމަށެވެ. އަދި ފަހުން އޭނާގެ ބަނޑުގައި ރިއްސާތީ އުޅެން ފެށުމުން އަމިއްލަ ހޮސްޕިޓަލަށް ބަދަލުކޮށްގެން ވަނީ ފަރުވާދޭން ފަށާފައެވެ.

އުމުރުން 40 އަށް މައްޗަށް ގޮސްފައިވާ އެ އަންހެން މީހާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްވެސް ޖެހިފައިވާ މީހެކެވެ. އެ މިހާގެ ބަލީގެ ސަބަބުން އޭނާ ދަގަނޑު އެއްޗެހިކާން ޝައުގުވެރިކަން ހުރެއެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ހެދި އެކްްސްރޭއަކުން އެ މީހާގެ ބަނޑުގައި އެއްޗެހިތަކެއް ހުރިކަން އެނގުނެވެ. އެ މީހާގެ ބަނޑު ވަަރަށް ބޮޑަށް ހަރުވެފައިވާކަމަށްވެސް ޑޮކްޓަރުން ބުންޏެވެ.

އެ މީހާގެ އޮޕަރޭޝަނެއް ޑޮކްޓަރުން ވަނީ ކޮށްފައެވެ. އަދި އެ މީހަގެ ބަޑުން ދަގަޑު އެތައް ބާވަތެއްގެ ތަކެތި ނެގިއެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ އެ އޮޕަރޭޝަންގައި އެ އަންހެން މީހާގެ ބަނޑުން ނެގި ތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހުންނާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު