އެމެރިކާގެ މިސޫރީގެ ރީތީގެ ރާނީއެއް ކަމަށްވާ ރަފެލާ މާރިއާ ކޯރެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުމުން އޭނާގެ އެކުވެރިންނާއި ސަޕޯޓަރުން އަދި އަވައްޓެރިންނަށް ފުން ހިތާމައެއް ލިބިއްޖެއެވެ.

މާރިއާ އަކީ ގިނަ މީހުންނާއި ގުޅުން އޮންނަ ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށް އަވައްޓެރިން ބުނެއެވެ.

މާރިއާގެ ހަށިގަނޑު ބުދަ ދުވަހު ހެނދުނު ފެނުނީ އަންގާރަ ދުވަހުން ފެށިގެން އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފުލުހުންނަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މާރިއާގެ ހަށިގަނޑު ފެނުނީ މާކް ޓައިން ކޯރުގެ ތެރެއިންނެވެ.

މާރިއާ ހޯދަން އުޅުނު މީހުން އެކޯރު ކައިރި ހޯދަން ފެށީ އޭނާގެ ކާރު އެސަރަހައްދުން ފެނިގެންނެވެ.

ފުލުހުން ބުނީ މާރިއާގެ މަރު ތަޙްޤީޤު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އޭނާ މަރުވި ސަބަބު އަދި ބުނަން ނޭނގޭ ކަމަށެވެ. މާރިއާ މަރުވީ އަމިއްލަ އަށްތޯ ނުވަތަ ބަޔަކު ނުވަތަ މީހަކު އޭނާ މަރާލީތޯ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

"އެއީ އެންމެންނާއި ރަހުމަތްތެރި، ފެންނަ މީހުންގެ ހާލު ބަލާ ވަރަށް އެކުވެރިކޮށް ވާހަކަދައްކާ ޒުވާނެއް." މާރިއާގެ އަވައްޓެރިއަކު މީޑިއާ އަށް ބުންޏެވެ.

މާރިއާ އަންގާރަ ދުވަހު ގެއްލުނީ ހޯމަ ދުވަހުގެ ރޭ ވެސް ބޮޑު ހަފްލާއެއްގައި އޭނާ ބައިވެރިވެފައި ވަނިކޮށެވެ. އެ ރަސްމިއްޔާތަށް ފަހު ފޯނުން އޭނާ ބައެއް މީހުންނާއި ވާހަކަ ދައްކާފައި ވެއެވެ. މާރިއާގެ ހަށިގަނޑު ފެނުނު ސަރަހައްދަކީ އޭނާ ބައިވެރިވި އިވެންޓް އޮތް ސަރަހައްދާއި 100 ވަރަކަށް މޭލު ދުރުގައި އޮތް ސަރަހައްދެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު