މި ހަފްތާގެ ތެރޭގައި އިންޑިއާގެ މަހަރާޝްތާގެ މުމްބާއީގައި އެތައް ހާސް ދަނޑުވެރިންތަކެއް އެއްވެ ކުރި މުޒާހަރާގެ ތެރެއިން ވަނީ ކުރިން ނުފެންނަ އާދައާއިހިލާފު މަންޒަރުތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން އިންޑިއާގެ ނޫސްތަކަށް އިއްޔެ އެންމެ ފާހަގަވީ ބޮލުގައި ސޯލާ ޕެނަލް ހަރުކޮށްގެން ތިބި މުޒާހަރާގެ ބައިވެރިންތަކެކެވެ.

އެތައް ގަޑިއިރު އެއްވުމުގައި ހޭދަ ކުރަން ޖެހުމުން މުޒާހަރާގެ ބައިވެރިންނަށް ދިމާވި މައްސަލައަކީ ފޯނުން ޗާޖުގޮސް ފޯނު ޗާޖު ކުރާނެ ގޮތެއް ނެތުމެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށް އެ ދަނޑުވެރިން ބޭނުން ކުރީ ކުދި ކުދި ސޯލާ ޕެނަލްއެވެ. އަދި އެ ސޯލާ ޕެނަލްތައް ހަރުކުރީ އެމީހުންގެ ބޮލުގައެވެ.

މުޒާހަރާގެ ބައިވެރިއަކު ސޯލާ ޕެނަލް ބޭނުންކޮށްގެން ފޯނު ޗާޖުކުރަނީ

ހައެއްކަ ދަނޑުވެރިން އެގޮތަކަށް ބޮލުގައި ސޯލާ ޕެނަލް ހަރުކޮށްގެން އުޅުނު އިރު އެމީހުން ބުނީ ބައިގަޑިއިރު އަވީގައި ހޭދަ ކުރުމުން ފޯނު ދެތިން ގަޑިއިރު ބޭނުން ކުރެވޭ ވަރަށް ޗާޖު ލިބޭ ކަމަށެވެ. އަދި އެއް ސޯލާ ޕެނަލް އިން ފަސް ވަރަކަށް މީހުންގެ ފޯނު އެއްފަހަރާ ޗާޖް ކުރެވޭނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެހެންކަމުން މުޒާހަރާގެ ތެރެއިން ފޯނުގެ ޗާޖު ގޮސްދާނެ ކަމަށް ދެން އިތުރަށް ހާސްވާން ނުޖެހޭނެ ކަމަށާއި އެކަމުގެ ހައްލު ހޯދިއްޖެ ކަމަށް ދަނޑުވެރިން ވަނީ ބުނެފައެވެ.

ސޯލާ ޕެނަލްތައް ބޭނުންކޮށްގެން އެ މައްސަލަ ހައްލު ކުރުމުން އެތައް ބައެއްގެ ތައުރީފު އެ ދަނޑުވެރިންނަށް ވަނީ އަމާޒު ވެފައެވެ. އެމީހުން ސޯލާ ޕެނަލްތަކާއެކު ހަރަކާތްތެރިވާ މަންޒަރުތައް ފެންނަ ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ.

އިންޑިއާގެ މަހަރާޝްތާގައި މިހާރު އެތައް ހާސް ދަނޑުވެރިން ދަނީ އެމީހުން އުފައްދާ ކާނާއަށް އެކަށީގެންވާ އަގެއް ކަނޑައަޅައިދިނުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. އެމީހުން މުޒާހަރާ ކުރަމުންދަނީ މުމްބާއި އަޒަދު މައިދާނުގައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބެ

  އެމްޑީޕީ މީހުން ދެން އޮންނަ މުޒާހަރާގައި މިސޯލާޕެނެލް ހަރުކޮއްގެން ތިބޭނީ

 2. ލޮލް

  އެމްޑީޕީ މީހުން ނޫޅޭ ފޯނާ ހެދި މަރުދަން ޖެހޭކަށް. އެޔައްވުރެ ބޯހަމަ ޖެހޭނެ.

 3. ޢަޙްމަދު

  އެމްޑީޕީ ކުދިން ނަކަށް ނުވާނެ. އެމީހުންނަށް އިރު އަރާނީ އަސުރުން ދަންވީމާ

  • ވަގު..

   ޢަސުރުން ދަންވޭތަ؟

 4. ޕީޕީއެމްގެ

  ޕީޕީއެމްގެ ކުދިން ނަކަށް ނުވާނެ. އެމީހުންނަށް އިރު އަރާނީ އަސުރުން ދަންވީމާ