ބްރަޒިލްއަށް ނިސްބަތްވާ ޕައިލެޓަކު މަތިންދާ ބޯޓެއްގެ ތެރޭގައި އިސްލާމްވެއްޖެއެވެ.

18،000 ފީޓް މަތިން ދަތުރު ކުރަމުންދިޔަ ސައުދީ އެއާލައިނެއްގައި މަސައްކަތް ކުރަމުންދާ އެ ޕައިލެޓް އިސްލާމްދީން ގަބޫލުކުރާ މަންޒަރު ފެންނަ ވީޑިއޯ މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެެވެ. އޭނާ އެ މަތިންދާ ބޯޓުގައި ހުރީ ކޯ ޕައިލެޓެއްގެ ގޮތުގައެވެ.

އެ ވީޑިއޯގައި އެ މަތިންދާ ބޯޓުގެ ޕައިލެޓް ވަނީ މިހާރު އެ މީހުން ދަތުރުކުރަމުންދާ މިސްރާބު ކިޔާދީފައެވެ. އަރަބި ބަހުން އޭނާ ބުނީ، ސައުދީ އަރަބިއްޔާގެ ޓަބުކް ރީޖަންގެ މަތިން މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ.

އެ ވީޑިއޯގައި ޕައިލެޓް ކޯޕައިލެޓްއަށް ޝަހާދަތް ލައިދޭ އަޑާއި މަންޒަރު ފެނެއެވެ. އަދި ޕައިލެޓްގެ ފަހަތުން ކޯޕައިލެޓްވެސް ޝަހާދަތް ކިޔަމުންދިޔައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އިސްލާމް ދީން ގަބޫލުކުރި އެ ކޯ ޕައިލެޓް ވަރަށް ބަލި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބޫ

    ތިޔަށް ވުރެން އުފާވެރި ޚަބަރެއް ކޮބާ؟ އުޑާ ބިމާ ދޭތެރޭގައި ތިޔަ މީހާ ގެއްލި ހަލާކުވެ ދިއުން ހުއްޓިގެން ދިޔައީ. އިންސާނިއްޔަތުކަން ހުރި މީހަކަށް ވެއްޖެއްޔާ ނަސީބު

    • ކޮސް

      ދުނިޔެމައްޗަށް ސުލްހަވެރިކަން ގެނެސްދޭނެ ޓެރަރިސްޓަކަށް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު

      • އަލީ

        ތިކޮއްލީ އިސްލާމް ދީނަށް ޖެއްސުމެއްބާ؟ ގަބޫލް ނުކުރިއަސް މިއީ ސަލާމަތުގެ ދީން

      • ކިޔާ

        "ކޮސް" ސުވާލެއް ކޮށްލަންތަ؟؟.އަމިއްލަ މީހާގެ ކޮސްކަން ފިލުވާނީ ކޮން އިރަކުންތަ؟؟؟މަރުވާނެ އިރެއް އެކަކަށްވެސް ނޭނގޭ.ތިހެން ނޫޅެ ވަގުތުގެ ބޭނުން ހެޔޮގޮތުގަ ހިފުމަށް ގޮވާލަން..ތިބާކުރާ ހުރިހާ އަމަލަކާއި ބުނާކޮންމެ ބަހަކާއިމެދު އެއީ ސުވާލުވެވޭނެ އެއްޗެއްކަން ހަނދާންކޮށްދެން.

  2. ހެޔޮ

    ކޮސްގެނަމުގައި ކޮމެންޓްކުރި ފަރާތަށް ނޭގެނީތަ؟ ސުލްޙަވެރިކަން ގެނެސްދޭ ޓެރަރިސްޓުން ނޫޅޭކަން!!!!

  3. ޟިނި

    ބައްލަވާ ޓެރަރިސްޓުންތިބީ މިވަގުތު އަމިއްލަ ގައުމުގެ ވެރިކަމުގެ އެންމެ މަތީ މަގާމުގަ