އެތައް ހާސް މޭލެއް ދުރުގައި ތިއްބަސް ލޯބިވެވިދާނެކަން މި ދެ ލޯބިވެރިން ސާބިތުކޮށްދީފިއެވެ. ލިތުއާނާއަށް ނިސްބަތްވާ މި އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނި ޕިލިޕީންސްއަށް ނިސްބަތްވާ މީހަކާއެވެ. ނުފެނި ލޯބިގެން އެތައް ދުވަހެއް އުޅުމަށްފަހު މި ދެ ލޯބިވެރިން ބައްދަލުވެއްޖެއެވެ.

ވިކަޝްކާ ނަމަކަށް ކިޔާ އެ އަންހެން މީހާ 5000 މޭލު ދުރަށް ދަތުރުކޮށް ފިލިޕީންސްއަށް ގޮސް ލޯބިވެރިޔާއާ ބައްދަލުކޮށްފިއެވެ.

އިންސްޓަގްރާމްއިން "ހައި" ޖަހާ ފެށި ރަހުމަތްތެރިކަމުގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލުވެ އެންމެ ފަހުން ދެ މީހުން ބައްދަލުވެ އެކުގައި ވަގުތުވެސް ހޭދަވެއްޖެއެވެ.

އިއުޖީން ނަމަކަށް ކިޔާ އެ މީހާ ވިކަޝްކާއަށް ބައްދަލު ކުރުމަށް އެއާޕޯޓަށްވެސް ދިޔައެވެ. މި ދެ މީހުން ބައްދަލުވެފައި ވަނީ ވާހަކަދައްކަމުންދާތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އިއުޖީން އާއި ވިކަޝްކާގެ ލޯބީގެ ގުޅުން މީސް މިޑިއާ މެދުވެރުކޮށް ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ. ދެމީހުން އެކުގައި ފަތުރުވެރިންގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކޮށް ފޮޓޯ އެއްޗެހި ނަގާ މީސް މީޑިއާއަށް ލަމުން އަންނައިރު، އިއުޖީން ވަނީ ވިކަޝްކާ އޭނާފެ އާއިލާއަށްވެސް ތައާރަފްކޮށްދީފައެވެ.

ގިނަބަޔަކު މި ދެ ލޯބިވެރިންގެ ގުޅުމަށް ތައުރީފް އޮއްސަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރީއާނޫއެވެ.

    ދެން އަހަރުމެންނަށް ކީއްހެއްޔެވެ.

    • މަޖީދު

      ދޮގެއްނޫން