މަރުވެފައިވާކަމަށް ޑޮކްޓަރުން ކަނޑައެޅި މީހަކު، ތެދުވެއްޖެއެވެ. މިމީހާ ތެދުވެފައިވަނީ، އެމީހާގެ ޖަނާޒާގެ ކަންކަމަށް، އާއިލާގެ މެންބަރުން ތައްޔާރުވަމުން ދަނިކޮށެވެ.

އިންޑިޔާގެ މަޝްހޫރު ނޫހެއްކަމުގައިވާ "ޓައިމްސް އޮފް އިންޑިޔާ" އިން ބުނެފައިވާ ގޮތުގައި މަރުވެފައިވާކަމަށް ޑޮކްޓަރުން ކަނޑައެޅި މީހަކީ އުމުރުން 95 އަހަރުގެ ގުއްޖަރު ނަމަކަށް ކިޔާ މީހެކެވެ.

ގުއްޖަރުގެ އާއިލާގެ މެމްބަރުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިޔާ ނޫހުން ބުނެފައިވާ ގޮތުގައި އޭނާ ދިރިހުރިކަން ފާހަގަވެފައިވަނީ ޖަނާޒާގެ ކަންކަން ކުރަމުން ދިއުމުގެ ތެރޭގައި އޭނާގެ ގަޔަށް ފެން ވިއްސަން ފެށުމުންނެވެ. މިގޮތަށް ކަންތައް ކުރަން ފެށުމުން، ހީކަރުވައިގަނެގެން ތެދުވިކަމަށްވެސް ބުނެފައިވެއެވެ.

އާއިލާއިން އިތުރަށް ބުނެފައިވާ ގޮތުގައި 95 އަހަރުގެ މި މީހާ މަރުވެފައިވާކަން ޑޮކްޓަރުން ނިންމާފައިވަނީ ހަމަ އެދުވަހު އޭނާ ހޭނެތިގެން ވެއްޓުމުންނެވެ. އިތުރަށް ބުނެފައިވާ ގޮތުގައި އެދުވަހުގެ ކުރީ ރޭ ގުއްޖަރު ނިދަން އޮށޯވެފައިވަނީ މޭގައި ރިއްސާކަމުގެ ވާހަކަތަކެއް ދެއްކުމަށް ފަހުއެވެ.

މިކަމާ ގުޅިގެން އާއިލާ އިން ބުނެފައިވަނީ މިއީ އެފަރާތްތަކަށް ލިބިގެން ގޮސްފައިވާ ވަރަށް ބޮޑު އުފަލެއްކަމުގައެވެ. މިއީ އިންޑިޔާގައި ފާހަގަކުރާ މުނާސަބަތެއް އޮތް ދުވަސްވަރަކަށްވާއިރު، އެކަމުގެ އުފާ ދެގުނަވެފައިވާކަމަށް އެމީހުން ބުނެފައިވެއެވެ.

މިއީ އިންޑިޔާގައި މަރުވެފައިވާކަމަށް ކަނޑައެޅި މީހަކު ދިރިގެން ތެދުވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި، މޯޗަރީ އެއްގެ ތެރޭގައި އޮތް މީހަކު "ދިރިގެން ތެދުވި" ކަމަށް ބުނެ ރިޕޯޓުތައް އާއްމުވެފައިވެއެވެ. ހަމައެހެންމެ، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޗައިނާ އިންވެސް މިފަދަ ޚަބަރުތަކެއް އިވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ތި މަރުނުވަނީ

  2. ނުރަބޯ

    މަރުވުމަށްފަހު އަލުން ދިރޭނީ އަލުން ދިރުއްވާ ދުވަހު. އޭގެކުރިއަކު ދިރުމެއް ނުވޭ އަދި އޭގެ ފަހަކު މަރުވުމެއްވެސް ނުވޭ.

  3. އަހްމަދު

    ޢެއީ މަރު ނުވާތީ