ފަޤީރަކު އެދުމުން ހޮސްޕިޓަލަކުން އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ އަވަށަކުންނެވެ.

"އިންޑިޔާ ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބިއުލާންސެއް ފޯރުކޮށްދޭން ދެކޮޅު ހެދުމުން އުމުރުން 36 އަހަރުގެ، މަސައްކަތު މީހެއްކަމުގައިވާ ކަންހައިޔަލާލް އަށް ޖެހުނީ މަރުވެފައިވާ އަނބިމީހާގެ ހަށިގަނޑު އަތުން ދަމާ ގާޑިޔަލަކަށް ލައިގެން ފަސް ކިލޯ މީޓަރަށް ދާށެވެ.

ނޫސްތަކަށް މައުލޫމާތު ދެމުން ކަންހައިޔަލާލު ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ އޭނާގެ އަންހެނުންނަށް ރަނގަޅަށް ނޭވާ ނުލެވޭތީ ހޮސްޕިޓަލަށް ދިޔުމަށް އެމްބިއުލާންސްގެ ޚިދުމަތް ދޭ 108 ފަރާތަށް ގުޅިއެވެ. އެހެންނަމަވެސް، އެއިން އެއްވެސް ފަރާތަކުން ޚިދުމަތް ދީފައެއް ނުވެއެވެ.

ހޮސްޕިޓަލާ ހަމައަށް ގެންދަން އެމްބިއުލާންސް ނުލިބުމުން ދަމާ ގާޑިޔަލުގައި އަންހެނުން ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެންނަމަވެސް، ހޮސްޕިޓަލަށް ގެންވުނު އިރުވެސް އޭނާގެ އަންހެނުންވަނީ މަރުވެފައެވެ.

މަރުވި މީހާގެ ހަށިގަނޑު އަނބުރާ ގެއަށް ގެންދިޔުމަށް އެމްބިއުލާންސް އެއް ހަމަޖައްސައިދިނުމަށް ޑޮކްޓަރުންގެ ކިބައިން އެދުމުން، އެފަރާތްތަކުން ވަނީ ކަންހައިޔާލަކީ ފަޤީރަކަށްވުމުން އެކަމަށް ދެކޮޅު ހަދާފައެވެ.

މި މައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤު ކުރަމުންދާއިރު، މިފަދަ ގިނަ މައްސަލަތަކެއް މި ފަހުންވެސް އިންޑިޔާގައިވަނީ ހިނގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްމާޢީލް

    މި މިމީހުން ގެ ކިބައިން ހިއްވަރު ހޯދައިގެން މިމީހުންގެ ފަރާތުން ވާގިހޯދައި މިޤަޢުމު ހަލާކޮށްލަން އެއުޅޭ މައިބަދަ ނަޝީދު އެއުޅެނީ. ފެނޭތަ.

  2. މަރޭ

    ވަރިހަމަ އެއްނު. މިހާރުވެސް އެމީހުން އެއުޅެނީ މިތހަނުގަ ހައްގުތަށް ނެތިގެނ ފަޅައިގެން ގޮސްވިޔާ

  3. ކަލެެެމެނ0ކިތަމެ ވަރަކަތެު

    2018 ނުލިބެނެ ކަނުމިިހުނޮ 100 މިހުނޮ

  4. ކިޔު5

    އިންޑިޔާގައި ރައްޔިތުންނަށް ލިބިފައި އޮންނަ އިންސާނީ ހައްގުތަކާއި މޮޅު ޑިމޮކްރަސީގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ. މ މީހުން އެހެންމީހުންނަށް ހައްގުތައް ކިޔައިދޭން އުޅޭތީ ލަދުގަނޭ! އިންޑިޔާގެ ފަގީރު ނިކަމެތިންނަށް ހެޔޮ ރަނގަޅުގޮތްވުމަށް އަހަރެމެން އެދެން!