އިންޑިއާ މީހަކު އަންހެން ކުދިންގެ ފޮޓޯތައް ތަފާތު އެކި ގޮތްގޮތަށް އެޑިޓްކޮށް މީސް މީޑިއާއަށް ލާތީ ބަޔަކު އޭނާގެ ބޯ ބާލާއި، އޭނާގެ މޫނަށް ކަޅު ތެޔޮ ޖަހައިފިއެވެ.

ވަކީލް ނަމަކަށް ކިޔާ އެ ފިރިހެން މީހާ، އަންހެން ކުދިންނަށް ފުރައްސާރަކޮށް މިގޮތަށް، އަންހެން ކުދިންގެ ފޮޓޯތައް އެކި ގޮތްގޮތަށް އެޑިޓް ކުރާތީ، އެންމެ ފުރަތަމަ އޭނާ ގޮވައިގެން މަގުމަތީގައި ހިނގުވީއެވެ. އަދި އެ ހިނގުމުގެ ތެރެއިން އޭނާއަށް ބޯ ބާލައި، އޭނާގެ މޫނަށް ކަޅު ތެޔޮ ޖެހިއެވެ.

އޭނާ މިގޮތަށް މީސް މީޑިއާއަށް ލާ ބައެއް ފޮޓޯތަކުގައި އޭނާގެ ފޮޓޯވެސް ހިމަނާފައި ހުރެއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު މި ހާދިސާ ހިނގިއިރު، ވަކީލްގެ އާއިލާއިން އެކަން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. ވަކީލްގެ އާއިލާއިން އެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ.

ވަކީލް މަގުމަތީގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯ އެއްބަޔަކު ނެގިއިރު، ވަކީލް ގައިގައި ވަރަށް ބޮޑަށް ތަޅާފައިވާކަމަށްވެސް ވެއެވެ. އަދި އެގޮތަށް މީސް މީޑިއާއަށް ފޮޓޯ ލި މައްސަލާގައި އެއްބަޔަކު އޭނާ މަރާލަންވެސް އުޅުނު ކަމަށް ވެއެވެ.

މިހާރު ވަކީލް ހުރީ ފުލުހުންގެ ބަންދުގައެވެ.

އެއީ ވަކީލް ކުރިކަމެއް ނޫން ކަމަށާއި، އެކަން ކުރި ބަޔަކު ބޭނުންވަނީ ވަކީލްގެ އަގު ވައްޓާލުމަށްކަމަށްވެސް ބުނާ މީހުން މަދެއްް ނޫނެވެ. އަދި އޭނާގެ އައިޑީ ހެކްކޮށްފައިވާކަމަށް ބުނަމުންދާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު