އިންޑިއާ ދިއްލީގައި ތުއްތު ކުދިން ވިއްކަމުންދާ ގޭންގެއް ފަޅާއަރުވާލައިފިއެވެ. އެ މީހުން ފަޅާ އަރުވާލާފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައެވެ.

ފުލުހުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއި އާއްމުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ކަމަށެވެ.

އެގޮތުން އެއް އަޮޕަރޭޝަނަށް ބަލާއިރު، ދެ ފުލުހަކު ކުދިން ނުލިބޭ ދެމަފިރިއެއް ކަމަށް ހެދިގެން ޖެއްސި މިޝަންއެއްގެ ތެރެއިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެެވެ. އަދި ފަސް ކުޑަކުދިން ސަލާމަތްކޮށްފައިވާކަަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ހިމެނޭ 10 މީހެެއްގެ މައްސަލަ މިހާރު ކޯޓުގައި ހިނގަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދެ ފުލުހުން، ދެމަފިރިންނަށް ހެދިގެން މި ގޭންގ ކައިރިން ކުއްޖަކު ގަންނަން އެދުނެވެ. އަދި އެ މީހުން އެދުނީ އެކަމަށް 4.30 ލައްކަ ރުޕީސް ދެއްކުމަށެވެ. އެހެން ނަމަވެސް ވާހަކަދައްކައިގެން އެ އަދަދު 3.30 ލައްކައަށް ވަނީ ބަދަލުކޮށްފައެވެ.

އަދި އެ ގޭންގުގައި ހިމެނޭ މީހަކު އެދުނީ އެ ދެމަފިރިން ކައިރިން އެ ފައިސާ ގަޑިއެއްހާ އިރު ތެރޭގައި އެ މީހުން ބުނާތަނަކަށް ގެނައުމަށެވެ. އަދި އެ ކުއްޖާވެސް އެތަނަށް ގެންނާނެކަމަށް އެ މީހުން ބުންޏެވެ.

ދެމަފިރިން ކަމަށް ހެދިގެން އުޅުނު ދެ ފުލުހުންނާއި ހަމައަށް އެ ކުއްޖާ ގެނައުމުން ފުލުހުން ވަނީ އެ ގެނައި މީހާ ހައްޔަރުކޮށްފައެވެ. އަދި އެ ތުއްތު ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިގޮތަށް އޭގެ ކުރިންވެސް ހިންގާފައިވާ ތަފާތު އޮޕަރޭޝަންތަކާއެކު މިހާރު އެފަދަ މައްސަލަތަކުގައި ގޭންގއެއް ހައްޔަރުކޮށްފައިވާކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން އަޙުމަދު

    ގެރި މޯދީމެން ގައުމުގެ ފަލްސަފާ.