އުއްމީދުކޮށްގެން ހުރީ ލިބޭނީ ފިރިހެން ކުއްޖެއްކަމަށް މަޝްހޫރު ރިއަލިޓީ ޓީވީ ތަރި، ކައިލީ ޖެނާ ބުނެފިއެވެ.

ކާޑޭޝިއަން އާއިލާގެ އެންމެ ހަގަށް ހުރި ކައިލީ ވިހާފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. ކައިލީ ޓްވިޓާ މެދުވެރިކޮށް ބުނީ، އުއްމީދުކޮށްގެން ހުރީ ފިިރިހެން ކުއްޖެއް ލިބޭނެ ކަމަށް ކަަމަށެވެ. ކައިލީ ބުނީ، އޭނާ ބަނޑުބޮޑުކަން އެންމެ ފުރަތަމަ އެނގުނީ ދައްތަ ކްލޯއީއަށް ކަމަށެވެ.

ކައިލީއަށް ލިބުނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ދީފައިވާ ނަމަކީ ސްޓޯމީއެވެ.

ކައިލީގެ ސަޕޯޓަރުންނަށް މިދިޔަ އާދީއްތަ ދުވަހު ޓްވިޓާ މެދުވެރިކޮށް އޭނާ ދިޔައީ ބައެއް ސުވާލުތަކަށް ޖަވާބުދެމުންނެވެ. ކައިލީ ބުނީ، ދަރިފުޅު ސްޓޯމީ އަދި ހީލާ ނަހަދާ ކަމަށެވެ. އެހެން ނަމަވެސް މޫނު މަތިން ހިނިތުންވުން ފެންނަކަމަށް އޭނާ ބުންޏެވެ.

ކައިލީގެ ފޭނުން ކުރަމުންދިޔަ އިތުރު ސުވާލުތަކަށް ޖަވާބުދެމުން ކައިލީ ބުނީ، އެ ދަރިފުޅުގެ ބައްޕަ، މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓްއަކީ އެންމެ "ބެސްޓް" ކަމަށެވެ.

ކައިލީ މިހާރު ދަނީ ދަރިފުޅުގެ ފޮަޓޯތައް މީސް މީޑީޔާގައި ޢާންމު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރުޒާނާ ޗޮއްޕަޓު

  ބައްޕައޭ!!!؟؟ ނަހަލާލަށް ވިހާ ދަރިންގެ ބައްޕައެއް ނުހުންނާނެ. އަދި ބުނެފިއެއްނު ބައްޕައޭ.

  • ޢައިޝާ
 2. ހުސޭނުބޭ

  ފިރިހެން ކުއްޖެއް ނުލިބުނަސް ކޮންމެ އިނގިއްޔަކަށް 10 ފިރިހެނުން ލިބެޔެވެ.

 3. ތިޔޭ އެއްކަލަ

  މަބުނީ ނަހަލާލަށް ވިޔަސް ބައްޕަ ވާނީ ހަމަ ބައްޕައަށް.

 4. ސުހާ

  ހަމަ ހައްގުތެދެއް ތިޔަ ކައިލީ މިފެނުނީވެސް ދެންމެ!!!